ސްޕެއިންގެ ސޯޝަލް ރައިޓްސް މިނިސްޓަރ، އިއޮނޭ ބެލާރާ
ސްޕެއިންގެ ސޯޝަލް ރައިޓްސް މިނިސްޓަރ، އިއޮނޭ ބެލާރާ
ދުނިޔެ 09 Nov 2023 | 07:27

"އިސްރާއީލުން ފަލަސްތީނުގެ ބިންފޭރި، ހިންގަނީ ގަތުލު އާއްމު؛ ސްޕެއިން އިން އެމީހުންނާ ގުޅުން ކަނޑާލަން ޖެހޭ"

ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ދިރިއުޅެމުންދާ އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދަނީ ގަތުލު ޢާއްމު ކަމަށް ވިދާޅުވެ، ސްޕެއިން އިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުންތައް މިހާރުން މިހާރަށް ކަނޑާލަން ސްޕެއިންގެ ސޯޝަލް ރައިޓްސް މިނިސްޓަރ، އިއޮނޭ ބެލާރާ ގޮވާލައްވައިފިއެވެ.

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާއްމާއި ގުޅިގެން ޖަލްސާއެއްގެ ތެރެއިން ވާހަކަދައްކަވަމުން ބެލާރާ ވަނީ ފަކަސްތީނުގައި އިސްރާއީލުން ހިންގަމުންދަނީ ގަތުލު އާއްމު ކަމަށާ، އެއީ ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"އިސްރާއީލުން އެ ކުރަނީ ނަސްލެއް އެކީއެކަށް ނައްތާލުމުގެ މަސައްކަތް." ބެލާރާ ވިދާޅުވި އެވެ.

އިސްރާއީލުން ވަނީ ގާނޫނާއި ޚިލާފަށް ފަލަސްތީނުގެ ބިން އެމީހުންގެ އަތުން އަތުލާފައި. އަދި ފަކަސްތީނުގެ ރައްޔިތުންގެ ގެތައްވެސް އެމީހުން އަތުން ފޭރެމުން އެދަނީ. ފުރައްސާރަކޮށް، ހުއްޓުމެއްނެތި ރެއާދުވާލު އެދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ކުރަމުން. އަދި ހަމަ އެހެންމެ އިސްރާއީލުގެ ޖަލަށް ލައިގެންވެސް އެތަކެއް އަނިޔާތަކާއި ގޯނާތައް ފަލަސްތީނުގެ ރައްޔިތުންނަށް އެދަނީ ކުރަމުން. އަހަރެމެންނަށް ފެންނަމުން މިދަނީ ބިރުވެރި މަންޒަރު ތަކެއް.

ސްޕެއިންގެ ސޯޝަލް ރައިޓްސް މިނިސްޓަރ، އިއޮނޭ ބެލާރާ

މިއާއެކު ބެލާރާ ވަނީ، ފަލަސްތީނުގެ ބިންތަކަށް އަބަދާއި އަބަދު ބޮން އަޅަމުންދާކަން ފާހަގަކުރައްވައި އެކަމަށް ތާއީދު ކުރަންތޯ ސުވާލު ކުރައްވާފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށްވެ އެތަކެއް ހާސް ކުޑަކުދިން ޝަހީދުވެގެން ގޮސްފައިވާއިރު، އެއްމަސް ދުވަހުގެ ތެރޭގައި ޝަހީދުވި ކުޑަ ކުދިންގެ އަދަދު، ފާއިތުވި އެއް އަހަރު ތެރޭގައި ހިނގި ހުރިހާ ހަނގުރާމައެއްގައި ޝަހީދުވި ކުދިންގެ އަދަދަށްވުރެ ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލާރާ އިތުރަށް ވިދާޅުވީ ސްޕެއިންގެ މެޖޯރިޓީ އަކީ ސުލްހައާ އަމާން ކަމަށް ލޯބިކުރާ ބައެއް ކަމަށެވެ. އަދި އެކަން ހާމަ ކުރުމަށް ސްޕެއިންގެ ސަރުކާރުން ކުރަންވީ ކަންތައްވެސް ވަރަށް ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްރައީލާއިއެކު ޑިޕްލޮމޭޓިކް ގުޅުންތައް ކަނޑާލަންވީ. މިހާރުން މިހާރަށް ކަނޑާލަންވީ."

ސްޕެއިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވަނީ 1986 ގައެވެ. އެފަހުން މިހާތަނަށް އައި އިރު އެދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބަދަހިވެފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...