ދައުލަތުގެ ޓެކްސް އިދާރާ ހުންނަ އިމާރާތް
ދައުލަތުގެ ޓެކްސް އިދާރާ ހުންނަ އިމާރާތް
ވިޔަފާރި 03 May 2026 | 13:16

ޓެކްސް ބަޔާން ހުށަ ނާޅައިގެން އިތުރު ކުންފުނިތަކެއްގެ ނަންތައް އާއްމުކޮށްފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޓެކްސްބަޔާން ހުށަ ނާޅައިގެން އިތުރު ކުންފުނިތަކެއްގެ ނަންތައް ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކޮށްފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ގެޒެޓްގައި ނެރެ އާއްމުކޮށްފައިވާ ޓެކްސް ބަޔާން ހުށަ ނާޅާ މި ލިސްޓްގައި 39 ކުންފުންޏެއް ހިމެނެއެވެ. މި ލިސްޓްގައި އާއްމުކޮފައިވާ ނަންތަކަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިނުމުންވެސް ބަޔާން ހުށަނާޅާ ކުންފުނިތަކެވެ.

މީރާއިން ބުނީ، މި ލިސްޓްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ނުހިމެނޭކަމަށެވެ. ލިސްޓަށް ބަލާއިރު، ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ރިސޯޓްތައް ހިންގާ ކުންފުނިތަކާއި ރާއްޖެއިން ބޭރަށް ނިސްބަތްވާ ކުންފުނިތައްވެސް ހިމެނެއެވެ.

މީރާއިން ވަނީ މިއަހަރުގެ ފެބުރުއަރީމަހު ދައުލަތަށް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަންތައްވެސް ގެޒެޓްގައި އާއްމުކޮށްފައެވެ. އެފަހަރު ނަންތައް އާއްމުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، އެއްލައްކަ އަށްވުރެ މަތީ އަދަދުތަކުން ޓެކްސް ނުދައްކާ ފަރާތްތަކެވެ. މި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރު އާމްދަނީން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކެވެ.

ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާއިން މިދިޔަ އަހަރު ކުރި މަސައްކަތްތަކުން 1.46 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. ދައުލަތަށް ނުލިބިފާ ފައިސާގެ އަދަދު 13.8 ބިލިއަން ރުފިޔާއަށް އަރާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް
03 Oct 2026 ހަބަރު

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ ލިބޭ އެކިއެކި ދައިރާތަކުގެ ކުރިއެރުން ރަނގަޅުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ ހަރަދުބަރަދު ހުރިނެތްގޮތާ ގުޅޭގޮ...

ޓީޖީއެސްޓީގެ އާ އުސޫލު؛ އިޓަލީގެ ޓުއާ އޮޕަރޭޓަރަކުން ރާއްޖޭގެ ބުކިން މެދުކަނޑާލައިފި
02 Oct 2026 ވިޔަފާރި

ޓީޖީއެސްޓީގެ އާ އުސޫލު؛ އިޓަލީގެ ޓުއާ އޮޕަރޭޓަރަކުން ރާއްޖޭގެ ބުކިން މެދުކަނޑާލައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމުގެ އުސޫލަށް މީރާއިން އިއްޔެ ޢަމަލުކުރަން ފެށުމާ ގުޅިގެން އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އިޓަލީގެ ކިއާ އޯރާ ވިއާޖީ ކ...

އަންދާޒާކުރި އަދަދަށްވުރެ ގިނައިން ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
05 Sep 2026 ހަބަރު

އަންދާޒާކުރި އަދަދަށްވުރެ ގިނައިން ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ދައުލަތުގެ ބައިތުލްމާލަށް ލިބިއްޖެއެވެ. ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލ...

ދެވަނަ ކުއާޓަރުގައި މީރާއަށް ޓެކުހުން އެކަނި 6.05 ބިލިއަން ރުފިޔާ
03 Sep 2026 ހަބަރު

ދެވަނަ ކުއާޓަރުގައި މީރާއަށް ޓެކުހުން އެކަނި 6.05 ބިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކުހުގެ ގޮތުގައި އެކަނިވެސް 6.05 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މީރާއިން އާންމުކޮށްފައިވާ ...

އޭޕްރިލްމަހު މީރާއަށް އާމްދަނީގެ ގޮތުގައި، 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި
11 May 2026 ހަބަރު

އޭޕްރިލްމަހު މީރާއަށް އާމްދަނީގެ ގޮތުގައި، 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

ހުސްވި އޭޕްރިލްމަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އާމްދަނީގެ ގޮތުގައި 2.63 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ....

ފެބުރުއަރީމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެ
09 Mar 2026 ހަބަރު

ފެބުރުއަރީމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެ

ހުސްވި ފެބުރުއަރީމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.80 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދައުލަތުގެ ޓެކްސް އިދާރާ، މީރާއި...