ހިޔާ ކޮމިއުނިޓީތަކާއި އެޗްޑީސީ ގުޅިގެން ހިޔާ ބީޗް ސާފުކޮށްފި
ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ ހިމެނޭހެން އެޗްޑީސީއާއި ގުޅިގެން ހިޔާ ބީޗް އޭރިއާ އަދި ލެގޫން އޭރިއާ ސާފުކުރުުމުގެ އިވެންޓެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި މި އިވެންޓުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ.

މިހަރަކާތުގެ އިތުރުން މި އަހަރުތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސައް މީހުން އާބާދުވަމުން އައުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޗްޑީސީގެ ފަރާތުން ދަނީ ކުރަމުންނެވެ.

އެގޮތުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކާއި އަދި މި ނޫންވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް