ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --- ފޮޓޯ: ވޮއިސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --- ފޮޓޯ: ވޮއިސް
ހަބަރު 10 Nov 2026 | 00:38

ފޯޅަވަހި މައްސަލާގައި އަމަލުކުރި ގޮތް ބަލަން އެކުލަވާލި ކޮމިޝަނަށް ބަދަލުތަކެއް، ރައީސަކަށް ކަށިމާގެ ބަދަލުގައި ޑރ. މުހުސިން

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފި އެވެ.

މި ކޮމިޝަން އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާނުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މި ކޮމިޝަން އުފައްދަވާފައިވަނީ، މޮރިޝަސްއިން ހުށަހެޅި “Dispute concerning delimitation of the maritime boundary between Mauritius and Maldives in the Indian Ocean (Mauritius/Maldives)” މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެންނެވެ.

އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ އޭރު ދިވެހިރާއްޖެއިން ކަންކުރި ގޮތުންނެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށްވާތީ، މި މައްސަލަ ފުރިހަމައަށް ބައްލަވައި ފިޔަވަޅު އެޅުއްވުމަކީ ކޮމިޝަން އުފެއްދެވި މައިގަނޑު ބޭނުމެވެ.

ކޮމިޝަނަށް ކުރީން ޢައްޔަނުކުރެއްވި މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކަށް އައްޔަނުކުރެއްވި އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) ވަނީ ވަކިކުރައްވާފަ އެވެ. އަދި ޢަބްދުލްޢަޒީޒް ޔޫސުފް ވެސް ވަނީ ވަކިކުރައްވާފަ އެވެ. މިހާރު އެ ކޮމިޝަންގައި ހިމެނެނީ:

  • ޑރ. އަބްދުލްމުހުސިން މުޙައްމަދު - ކޮމިޝަނުގެ ރައީސް

  • ޢަބްދުލްޢަޒީޒް ޔޫސުފް

  • ޑރ. އާމިނަތު ޝާފިޔާ އާދަމް

  • ކެޕްޓަން އަހްމަދު ޒުބައިރު

  • ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް

  • އަޙްމަދު ޢަލީމަނިކު

  • ފާޠިމަތު މިންހަތު ޢިއްޒަތު

  • ޢާއިޝަތު ފަޒްނާ އަޙްމަދު

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސްއަށް މި މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މައްސަލަ ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި އަދި ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި މަސްއޫލުވެރީން ޢަމަލުކޮށްފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން ހިމެނެއެވެ. މީގެއިތުރުން، އެ ފަރާތްތަކުގެ އެއްވެސް ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލެއްވާނަމަ އެ އިހުމާލުގެ އިންތައް ކަނޑައެޅުމާއި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައެޅުންވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ބެލުމާއި، ކޮމިޝަނުގެ ތަޙުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ގޮތްތައް ހުށަހެޅުންވެސް ކޮމިޝަނުގެ މެންޑޭޓުގައި ހިމަނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ އެ ކޮމިޝަނަށް މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަސްތުވެ ނިވާކަން ކުޑަކޮށް ތިބެ އެމްޕީއެލް ޓަވަރެއްގެ ބިއްލޫރިތައް ތަޅާލާ ގެއްލުންދިން ބަގްލަދޭޝްގެ ދެ މީހަކު ހައްޔަރު
10 Nov 2026 ހަބަރު

މަސްތުވެ ނިވާކަން ކުޑަކޮށް ތިބެ އެމްޕީއެލް ޓަވަރެއްގެ ބިއްލޫރިތައް ތަޅާލާ ގެއްލުންދިން ބަގްލަދޭޝްގެ ދެ މީހަކު ހައްޔަރު

އެ މީހުން ވަނީ އެ ޓަވަރުގެ މައި ދޮރުގެ ބިއްލޫރިގަނޑުވެސް ތަޅާލާފަ އެވެ.

ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅަން، މިހާރު ބިރެއް ނޯންނާނެ
09 Nov 2026 ހަބަރު

ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅަން، މިހާރު ބިރެއް ނޯންނާނެ

ކުރީ ސަރުކާރު ނިމުނުއިރު 100 ވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދީ ސަސްޕެންޑްކޮށް ހަދާފައިވާ ކަމަށާ ނަމަވެސް މި ސަރުކާރުގައި ސަރުކާރަށް ފާޑުކީ ނަމަވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ވިދާޅުވި އެވެ.

މީސްކޮޅެެއްގެ ނިންމުމުގެ ބަދަލުގައި ރަސްމާލެ މަޝްރޫއުއާމެދު އާންމު ވޯޓެއް ނަގަން އަލިމަނިކު ގޮވާލައްވައިފި
09 Nov 2026 ހަބަރު

މީސްކޮޅެެއްގެ ނިންމުމުގެ ބަދަލުގައި ރަސްމާލެ މަޝްރޫއުއާމެދު އާންމު ވޯޓެއް ނަގަން އަލިމަނިކު ގޮވާލައްވައިފި

"މިއީ ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ ހައްގުގައި އަޅުގަނޑު އެދޭ އެދުމެއް. އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން،" އަލީމަނިކު ވިދާޅުވި އެވެ.

ރަސްމާލެ ހިއްކަން ހަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު
09 Nov 2026 ހަބަރު

ރަސްމާލެ ހިއްކަން ހަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކާ ނިމޭއިރު ހަރަދުވާނީ 330 މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ އަދަދަށްތޯ ބަލަން އޮޑިޓެއް ހަދަނީ
09 Nov 2026 ހަބަރު

ސަރުކާރުގައި މުވައްޒަފުން ތިބީ ބޭނުންވާ އަދަދަށްތޯ ބަލަން އޮޑިޓެއް ހަދަނީ

ސަރުކާރުގެ އިދާރާތަކުގައި މުވައްޒަފުން ތިބީ އެ ތަންތަނަށް ހަގީގަތުގައި ވެސް ބޭނުންވާ މިންވަރަށްތޯ ބެލުމަށްޓަކައި ޚާއްސަ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ
09 Nov 2026 ހަބަރު

ވީރާނާވާން ދޫކޮށްލާފައި އޮތް، ހުޅުމާލޭ ވޯޓަރ ތީމް ޕާކް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފަށަނީ

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް އެ ވޯޓަރ ތީމް ޕާކްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެތަން ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ.

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު
09 Nov 2026 ހަބަރު

އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫއުތަކުގެ %70 މަސައްކަތް އަންނަ އަހަރަށް ނިންމުން: ޒަރީރު

މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އިތުރު 1.5 ބިލިޔަން ރުފިޔާ ހޭދަވާނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!
09 Nov 2026 ހަބަރު

ބިދޭސީއަކު ޓިކްޓޮކެއްގައި ދިވެހި ފައިސާގެ ނޫޓެއް ވީދާލުން، މިއީ ޤާނޫނީގޮތުން ބޮޑު ކުށެއް!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ ވަނީ 5 ރުފިޔާގެ ދިވެހި ނޫޓެއް އަނގައިން ވީދާލާފައެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ކުށެކެވެ.