މަސްތުވެ ނިވާކަން ކުޑަކޮށް ތިބެ އެމްޕީއެލް ޓަވަރެއްގެ ބިއްލޫރިތައް ތަޅާލާ ގެއްލުންދިން ބަގްލަދޭޝްގެ ދެ މީހަކު ހައްޔަރު
މަސްތުވެ ނިވާކަން ކުޑަކޮށް ތިބެ އެމްޕީއެލް ޓަވަރެއްގެ ބިއްލޫރިތައް ތަޅާލާ ގެއްލުންދިން ބަގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއް، އެމްޕީއެލް ޓަވަރެއްގައި، ނިވާކަން ކުޑަ ހެދުމެއްގައި މަސްތުގެ ހާލަތުގައި ތިބެ، އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް، ނޮވެންބަރު ނުވަވަނަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ ފިރިހެނުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.
އެ މީހުން ވަނީ އެ ޓަވަރުގެ މައި ދޮރުގެ ބިއްލޫރިގަނޑުވެސް ތަޅާލާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް