އައްޑޫ އާއި ފުވައްމުލަކަށް ހުދު ސަމާލު ނެރެފި
އައްޑޫ އާއި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އެދެއަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ ހަވީރު 5:30 އިން ފެށިގެން މިރޭ 11:30 އާ ހަމައަށެވެ.
އެ ވަގުތުގެ ތެރޭގައި ދެ ސިޓީ އަށް ވެސް ބޯކޮށް ވާރާ ވެހުމާ އެކީ ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އައްޑު އާއި ފުވައްމުލަކަށް މިއަދު ހުދު ސަމާލު ނެރެފައިވާއިރު، މި ހަފުތާގެ ކުރީކޮޅު ވެސް ދެ ސިޓީ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވެއެވެ. އަދި ގެތަކަށް ފެންވަދެ ގޭގެއަށް ގެއްލުންތަކެއްވެސް ވެފައި ވެއެވެ. އަދި ވައި ގަދަވުމުގެ ސަބަބުން ބައެއް ގޭގެ ފުރާޅު އެއްލާލައި ގަސް ވެއްޓި ދަނޑުބިންތަކަށް ވެސް ގެއްލުންތަކެއް ވެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް