މީގެ ކުރިން ކުރިއަށް ގެންދިޔަ ފައިގަތަޅާ މުބާރާތެއްގެ ތެރެއިން
މީގެ ކުރިން ކުރިއަށް ގެންދިޔަ ފައިގަތަޅާ މުބާރާތެއްގެ ތެރެއިން
ވިޔަފާރި 12 Jan 2023 | 08:22

ފައިގެތަޅާގެ ދެވަނަ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

ފައިގެތަޅާ ފޯރޯގެ ނަމުގައި ބާއްވާ، ފައިގެތަޅާގެ ދެވަނަ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.

ޔުނިކްސް ސްޕޯރޓިންގ އާއި ކޮރޮސްއޯވަރ އިވެންޓްސް ގުޅިގެން ބާއްވާ މި މުބާރާތް އޮންނާނޯ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 2 ގައެވެ.

މުބާރާތުގެ މެޗްތައް ކުޅެވޭނީ ހަވީރު އަދި ރޭގަނޑުއެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، ޕްރެކްޓިސް ކުރުމަށްޓަކައި ޓީމްތަކަށް ޕިޗް ދޫކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމް ތަކަށް އެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން ހިމަނަން ޖެހެއެވެ.

މި މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 15 ހާސްރުފިޔާ ހުށަހަޅާފައި ވާއިރު، އަންހެން އަދި ފިރިހެން ރަނާސް އަޕް ޓީމަށް ހުށަހަޅާފައި ވަނީ ހަތް ހާސް ރުފިޔާއެވެ. އަދި ދެބައި އެއްކޮށް އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ.

ސައިބްރޫ، މުލަ މޯލްޑިވްސްއާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސްޕޮންސަރ ކުރާ މި މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވާއިރު، މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7388536 ނަންބަރުން ލިބޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.