ހުޅުމާލޭގައި ވެހިކަލެއް ފުރޮޅާލައި ޑްރައިވަރާއި ދެ ކުއްޖަކު ޒަހަމްވެއްޖެ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮންކްރީޓް މިކްސްޗަ ޓްރަކެއް ފުރޮޅާލައި ޑްރައިވަރާއި ކުޑަ ދެ ކުއްްޖަކު ޒަހަމްވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯން ކައިރިން ދުއްވާފައި ދިޔަ ކޮންކްރީޓް މިކްސްޗަ ޓްރަކެއް ފުރޮޅާލައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:30 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އަދި ވެހިކަލް ފޮރޮޅާލުމުގެ ސަބަބުން، އެވަގުތު އެ ސަރަހައްދުން ބައިސްކަލެއްގައި ދަތުރު ކުރި 13 އަހަރުގެ ކުޑަ ދެ ފިރިހެން ކުއްޖަކަށާއި ވެހިކަލް ދުއްވަން އިން ޑްރައިވަރަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވި އެވެ.
މީހެ އިތުރުން، މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް