މަޖިލިސް
މަޖިލިސް
ރިޕޯޓް 12 Jun 2023 | 18:01

ހަގީގަތުގައިވެސް މަޖިލީހުގެ މަސައްކަތްތައް އެއްކޮށް ހުއްޓި "މަރުތަޅު" އެޅުނީތަ؟

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، އެމްޑީޕީން ވަކިވެ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން އީވާ ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ. އެގޮތުން އެޕާޓީގެ 50 މެންބަރުންގެ ސޮޔާއެކު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މެއި 23 ވަނަ ދުވަހު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން އެގަރާރުގެ ލިޔުންލިބޭތާ މަދުވެގެން 3 ދުވަހުގެ ތެރޭގައ،ި އެގަރާރުގެ ނޯޓިސް އަމީން ޢާންމު މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނައިބު ރައީސަށް ދިނުމަށްފަހ،ު އެނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެއްމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެގަރާރު ހުށައަޅަންވާނެއެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާއަށް އެ 14 ދުވަހުގެ ނޯޓިސް ދެއްވި މުއްދަތު އިއްޔެއަށް ހަމަވާއިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނަމަ، އެ މައްސަލަ އިއްޔެއަށް އެޖެންޑާ ކުރަންޖެހެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގެ ހުރަހަކަށް އާއްމު ކޮމިޓީ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އިއްޔެއަށް އެޖެންޑާވެސް ކުރިއެވެ. އެހެންނަމަވެސް، އެ މައްސަލަ އެޖެންޑާއިން ނަގައި، މިވަގުތަށް މައްސަލަ ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މެންބަރުންނަށް އަންގަވާފައެވެ.

އޭގެ ސަބަބު ހާމަކުރައްވައި ނިއުޝާ ފޮނުއްވި ސިޓީގައި ވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށައި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ ދިގުމިން އާންމު ކޮމިޓީން ކަނޑައަޅަން ޖެހެ އެވެ. އަދި ނާއިބު ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ދޭނީ ކިހާ ފުރުސަތެއްތޯ އާއި ކިހާ ވަގުތެއްކަން ވެސް ކަނޑައަޅާނީ އެ ކޮމިޓީންނެވެ.

ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެމްބަރުން ވާހަކަދެއްކުމަށް ދެވޭ ވަގުތު މަޖިލީހުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާ ކަމަށް އަމީން ޢާންމުގެ ސިޓީގައި ވެއެވެ. އެހެންކަމުން، އެ ވަގުތު ކަނޑައަޅައި ނިމުމުން އެ މައްސަލަ ފަހުން އެޖެންޑާކުރުމަށް ފަހު އަންގަވާނެ ކަމަށްވެސް ސިޓީގައި ވެއެވެ.

ކޮމިޓީ އެކުލަވައި ނުލެވިގެން އުޅެނީ ކީއްވެ؟

އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތީ އާންމު ކޮމިޓީން އެކަމަށް ވަގުތު ކަނޑަނާޅާތީ ކަމަށް އާމީން އާންމު ވިދާޅުވާއިރު، ކޮމިޓީ އެކުލަވައި ނުލެވެންވީ ސަބަބާއި މެދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި އެމްޑީޕީ އާއި ދެމެދު ވަނީ ޚިޔާލު ތަފާތު ވުންތައް އުފެދިފައެވެ.

މަޖިލީހުގެ ގަވައިދުގެ 106 ވަނަ މާއްދާ އަށް ރިއާޔަތް ކުރައްވައި އެމްޑީޕީން ބުނަމުން އަންނަނީ ކޮމިޓީތައް އަބަދުވެސް ދެމިއޮންނަން ވާނެ ކަމަށެވެ. އަދި މީގެ ކުރިންވެސް މެންބަރުން އެއް ޕާޓީން ވަކިވެ އަނެއް ޕާޓީއާއި ގުޅިވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ ސަބަބުން ކޮމިޓީތައް ހުއްޓުމަށް ނާންނަކަމަށެވެ. އެހެންކަމުން، ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

އެމްޑީޕީގެ އެވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ އަމީން އާންމު ވިދާޅުވަނީ، މަޖިލީހުގެ ގަވައިދުގެ 130 ވަނަ މާއްދާގެ ދަށުން ދާއިމީ ކޮމިޓީތަކުގެ މެންބަރުން އެ މަޖިލީހުގެ އުމުރު ނިމެންދެން ތިބޭނެ ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ޕާޓީއަކުން މެންބަރަކު ވަކި ވެއްޖެ ނަމަ އެ ހާލަތު ބަދަލު ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 130 މާއްދާގެ (ށ) 

ޕާޓީން ވަކިވުމާއި ގުޅިގެން ކޮމިޓީން މެންބަރުން ވަކިވުމުން، އެ މެންބަރުންގެ ބަދަލުގައި، އެ ޕާޓީގެ އެހެން މެންބަރަކު އައްޔަންކުރުމުގެ ބާރު ޕާޓީއަށް ލިބިގެންވެއެވެ.

އެހެން ނަމަވެސް، ކޮމިޓީއަށް މެންބަރުން ނަގާއިރު، ކޮމިޓީގައި ސިޔާސީ ޕާޓީ ތަކާއި، އަމިއްލަ މެންބަރުންގެ ހަމަ ހިފަހައްޓަން ޖެހޭ ކަމަށްވެސް މަޖިިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގައިވެއެވެ. އެހެންކަމުން، ޖުމުލަ 13 މެންބަރަކު އެމްޑީޕީން ކެނޑުމުން އެ ހަމަ ކުރާއިރު، ބަލާ އިންސައްްތައަށް މިހާާރުވަނީ ބަދަލުތަކެއް އައިސްފައެވެ. އެއް މެންބަރަކު ކެނޑުމާއި ގުޅިގެން ހަމައަށް ބޮޑު ބަދަލެއް ނައި ނަމަވެސް 13 މެންބަރުން ކެނޑުމުން އަންނާނެއެވެ.

މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ (ރ)

މި މާއްދާއަށް ރިޢާޔަތް ކުރައްވައި އަމީން އާންމު ވިދާޅުވަނީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ގިނަ މެންބަރުން ތަކެއް މަޖިލީހުގައި މިވަގުތު ތިއްބެވިއިރު އެ މެންބަރުންނަށް ވެސް އެކަށީގެންވާ ވަޒަން ހަމަ ފުރުސަތެއް ދޭން ޖެހޭނެކަމަށެވެ.

އަމީން އާންމު ވިދާޅުވި ގޮތުގައި ގަވައިދު ބުނާ ގޮތުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ މަސްލަހަތު ހިމާޔަތް ކުރާނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަޝްވަރާގެ މަތިން މަޖިލީހުގެ ރައީސެވެ. އަދި އެ މެންބަރުން ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަދަލު މަޖިލީހުން ފާސް ކުރަން ޖެހޭނެ އެވެ.

އަދި ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށްޓަކައި ވޯޓަށް އެހުން ވޯޓު ގަޑީގައި އޮންނާނެ ކަމަށް މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސަތުން އިއުލާން ކޮށްފައި ވަނިކޮށް މެންބަރުން ތަމްސީލް ކުރައްވާނެ ހަމައަށް ބަދަލު ގެންނެވުމަށް އަސްލަމް އެދިވަޑައިގެންނެވުމުން އެ ޖަލްސާގައި މައްސަލަ އަށް ވޯޓަށް އެހުން ފަސް ކުރެއްވި ކަމަށް އަމީން އާންމު ވަނީ ވިދާޅުވެފައެވެ.

އަމީން އާންމުއަށް ރައްދު ދެއްވައި އަސްްލަމް ވިދާޅުވަނީ، މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އެކަމުގައި ބަސްބުނުމުގެ ފުރުޞަތު މަޖިލީހުން އޭނާއަށް ނުދެއްވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަރުންގެ މަޝްވަރާ ހޯދަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮތްއިރ،ު އެފަދައިން ޢަމަލުނުކުރައްވައ،ި މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑަށް އެކަމުގައި ބަސްބުނުމުގެ ފުރުޞަތު ނުދެއްވައ،ި އަޅުގަނޑު ނިސްބަތްވާ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ %64 މެޖޯރިޓީ މަޖިލީހުގައި އޮވެމ،ެ މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމ.ްޑ.ީޕ.ީއަށް ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އަޅުގަނޑު 23 މެއި 2023 ވަނަ ދުވަހު ދަންނަވާފައިވާނެއެވެ. އަޅުގަނޑުގެ އެނިންމުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމުގައި ދަންނަވަމެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް

ކޮމިޓީތަކުގެ ހަމަ އާއި މެދު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަށް އެއްގަލަކަށް ނޭރިގެން ކޮމިޓީތައް އެކުލަވައިލެވިފައި ނުވި ނަމަވެސް މަޖިލީހުގައި އެ ޕާޓީއެއް ތަމްސީލުކުރާ ނިސްބަތަށް ބަލައި، ކޮމިޓީ އެކުލަވައިލުމުގެ ބާރު މަޖިލީހުގެ އަމީން އާންމަށް އޮވެއެވެ.

ނާއިބުރާއީސްގެ މައްސަލަ ހައިޖާނެއްގައި އޮއްވައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ.

އެކަމަށް ފާޑުވިދާޅުވެ، މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ މަޖިލީސް ކުރިއަށް ނުގެންދެވޭނެ ހެން ޑެޑްލޮކް, މަރުތަޅު އަޅުވާ މަޖިލީސް ހުއްޓުމަކަށް ގެނެސްފައި އޮތީ ސަރުކާރުން ކަމަށާ އެއީ ރޭވުންތެރިކަމާއެކު ގަސްތުގައި ކުރިމަތި ކޮށްފައި އޮތް ހާލަތެއް ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގަ ޖާގައެއް ނުދޭ ޑެޕިއުޓީ ސްޕީކާގެ ސްޕީކާގެ މޯޝަން އޮއްވައެއް ދެން މަަޖިލީސް ކުރިއަށް ދިއުމުގެ. އެއަކު ސްޕީކާ [ރައީސް ނަޝީދު] ކުރައްވާނެ ކަމެއް ނެތް، އަޅުގަނޑު ކުރާނެ ކަމެއް ނެތް، ނިއުޝާ [މަޖިލީހުގެ އަމީން އާންމު] ކުރައްވާނެ ކަމެއް ފިލްޒާ [ކަައުންސެލާ ޖެނެރަލް] ކުރައްވާނެ ކަމެއް،"

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله

އެހެނީ ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރާ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ މަޖިލިހުގެ ނައިބު ރައީސެވެ. ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ ރައީސެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) 

ކަންމިހެން ހުރި ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި, ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ އެއް ވަގުތެއްގައި މަޖިލީހުގައި ކުރިއަށް ގެންދިއުން މަނަލެއް ނުކުރެ އެވެ. އެގޮތުން، ރައީސް ނުވަތަ ނައިބު ރައީސް އެ ބޭފުޅަކު ވަކިކުރުމުގެ މައްސަލައެއް ކުރިއަށް ގެންދާ ޖަލްސާއެއްގައި އަމިއްލައަށް ރިޔާސަތު ބަލަހައްޓައިގެން ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވީ ނަމަވެސް، އީވާ ވަކިކުރުމުގެ މައްސަލަ ނަޝީދު ރިޔާސަތު އިންނަވައިގެން ކުރިއަށް ގެންދަން ހުރަހެއް ނެތެވެ.

އެފަދައިން މައްސަލަ، ކުރިއަށް ގެންދެވޭގޮތަށް އޮއްވައި، ރައީސް ކަމުގެ މަގާމުގައި ހުންނެވި ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަން އަންގަވާފައެވެ.

""[އިތުބާރު ނެތް ކަމުގެ] އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަމެވެ. މަޖިލީހުގެ ގަަވައިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅުގަނޑަށް މި އިހްތިޔާރު ލިބޭ ކަމަށް ދެކެމެވެ،" ނަޝީދުގެ ސިޓީގައިވެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އިތުރުން ނައިބު ރައީސް އީވާ ވެސް ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މެދު ގޮތެއް ނިމެންދެން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަން އަންގަވާފައެވެ.

މައްސަލަ ހައްލުކުރެވޭނީ ކިހިނެއް؟

އީވާގެ މައްސަލައިގެ ގަރާރު މަޖިލީހަށް ހުށަނާޅާހާ ހިނދަކު މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް އަމީން އާންމު ވިދާޅުވެއެވެ. އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލަ ބޭއްވުމަށްފަހު ރިޔާސަތު މީގެ ކުރިންވެސް ރައީސް އަދި ނާއިބު ރައީސް ނެތް ހާލަތުގައި ބައްލަވަމުން އައި މެންބަރާއި އެކު މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ އިތުބާރު ނެތް މައްސަލާގައި 14 ދުވަހުގެ ނޯޓިސް މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ދުވަސް ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ވާނެ ކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށާ އީވާ ވަކި ކުރުމުގެ މައްސަލަ މާދަމާ އަށް އެޖެންޑާ ކުރަން ލާޒިމް ވާނެ ކަމަށެވެ.

ނަމަވެސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބެލޭނީ މަޖިލީހުގެ ރައީސް އަށް ކަން މަޖިލީހުގެ ގަވާއިދުގައި، ސާފުކޮށް ބަޔާންކޮށްފައިވާއިރު، ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގެންނެވުމުން ދެން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެއެވެ. ރައީސް އަދި ނައިބު ރައީސްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަރާތަކީ ރައީސް ނުވަތަ ނާއިބު ރައީސް އެއް ނޫނެވެ. އެހެންކަމުން، އެ ފަރާތުން ރައީސް ނުވަތަ ނާއިބު ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލަން ގަވާއިދު ތަން ނުދެއެވެ.

އެހެންކަމުން، މަޖިލީހުގެ މަސައްކަތްތައް ހުއްޓި މިވަނީ ހަގީގަތުގައިވެސް މަރު ތަޅު އެޅިފައެވެ. ނަމަވެސް އެމްޑީޕީން ބޭނުން ނަމަ، އެކަން ހައްލު ކުރެވޭނެ ފަސޭހަ ގޮތެއްވެސް އެބައޮތެވެ. އެއީ ދެ ބޭފުޅުން ކުރެ އެއް ބޭފުޅެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނެގުމުންނެވެ. މިހާލަތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތް ނެތް ކަމުގެ މައްސަލަ ނެގުމެވެ. އޭރުން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައީސް ނަޝީދަށް ކުރިއަށް ގެންދެވޭނެއެވެ. އެހެން ނަމަވެސް، އެކަން ކުރުމަށް އެމްޑީޕީން އަންނަނީ ދެކޮޅު ހަދަމުންނެވެ.

އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ މަޖިލީހުގައި މަރުތަޅު އެޅުވުނީ ސަރުކާރު ހިންގާ މައި ޕާޓީގެ އެމްޑީޕީ މެންބަރުންނަށް އޮޅިގެންތޯ ނުވަތަ އީވާ ވިދާޅުވި ފަދައިން އެއީ ސަރުކާރުން ގަސްތުގައި ކުރި ކަމެއްތޯ އެވެ؟

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު
22 Oct 2026 ހަބަރު

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު

ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.