ފައިޒާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މާކެޓްގެ ރައީސް ޖެނިން ސްމޯލް
ފައިޒާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މާކެޓްގެ ރައީސް ޖެނިން ސްމޯލް
ދުނިޔެ 12 Oct 2022 | 05:41

"ފައިޒާ ވެކްސިން މާކެޓަށް ނެރުނީ އެއިން ކޮވިޑް ފެތުރުން ހުއްޓުވޭތޯ ޓެސްޓް ނުކޮށް"

ކޮވިޑް-19 އަށް ދޭ ވެސިނެއް ކަމަށްވާ "ފައިޒާ" ވެކްސިން މާކެޓަށް ނެރެފައިވަނީ އެ ވެކްސިނުން ކޮވިޑް ފެތުރުން ހުއްޓުވޭނެތޯ ޓެސްޓް ނުކޮށް ކަމަށް، ފައިޒާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މާކެޓްގެ ރައީސް ޖެނިން ސްމޯލް އެއްބަސްވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮވިޑް-19 ރެސްޕޮންސް ބައްދަލުވުމެއްގައި ޔޫރަޕިއަން ޔޫނިއަންގެ މެންބަރ އެއްގެ މަގާމު އަދާ ކުރަމުންދާ ޑަޗް ޕޮލިޓިޝަނެއް ކަމަށްވާ ރޮބާޓް ރޮބް ރޫސް ވަނީ ޖެނިން ސްމޯލް އާއި ފައިޒާ ވެކްސިނާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

އެގޮތުން، އޭނާ ވަނީ ފައިޒާ ކޮވިޑް ވެކްސިން މާކެޓަށް ނެރުމުގެ ކުރިން އެއިން ކޮވިޑް-19 ފެތުރުން ހުއްޓުވޭތޯ ޓެސްޓް ކޮށްފައިވޭތޯ ސުވާލު ކޮށްފައެވެ. އަދި ޓެސްޓް ކޮށްފައިވާނަމަ އެކަމާއި ގުޅޭ ލިޔެކިޔުންތައްވެސް ހިއްސާ ކުރުމަށް ރޮބަޓް ވަނީ އެދިފައެވެ.

ރޮބަޓްގެ ސުވާލަށް ޖަވާބު ދެމުން ސްމޯލް ވަނީ އެ ވެކްސިން މާކެޓަށް ނެރުމުގެ ކުރިން އެއިން ބަލިފެތުރުން ހުއްޓުވޭކަން ޓެސްޓް ނުކުރާ ކަމަށް އެއްބަސްވެފައެވެ.

"ފައިޒާ ވެކްސިން މާކެޓަށް އައުމުގެ ކުރިން އެއިން އެހެން މީހުންނަށް ރައްކާތެރިކަން ލިބިދޭތޯ ކުރި ސުވާލުގެ ޖަވާބަށް، ނޫން. މިއީ. އަސްލު. މާކެޓް ގައި ކަންކަން ހިނގަމުންދާ ގޮތް ދެނެގަތުމަށް އަހަރެމެންނަށް ޖެހުނީ ސައިންސްގެ ސްޕީޑް އާއި އެކު ދަތުރު ކުރަން." ރޮބާޓް ގެ ޖަވާބުގައި ސްމޯލް ބުންޏެވެ.

ސްމޯލް ގެ ޖަވާބާއި ގުޅިގެން ވާހަކަ ދައްކަމުން ރޮބަޓް ވަނީ، ކޮވިޑް ވެކްސިން ޕާސްޕޯޓް އަކީ ގާނޫނީ ގޮތުން އެއްވެސް އަސާސެއް ނެތް އެއްޗެއް ކަމަށް ބުނެފައެވެ. އަދި ކޮވިޑް ވެކްސިންތައް ޖަހަނީ އެހެން މީހުންނަށް އެ ބަލި ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، އެހެން މީހުންގެ ރައްކާތެރި ކަމަށްޓަކައިވެސް ވެކްސިން ޖެހުމަށް ޑަޗް ގެ ބޮޑު ވަޒީރު ވިދާޅުވި ވިދާޅުވުމަކީ ބޮޑު އޮޅުވާލުމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޮވިޑް ވެކްސިންތަކާ ގުޅިގެން މަރުވިކަމަށް ބެލެވޭ މައްސަލަތަކެއް އެމެރިކާގައި ތަހުގީގުކުރަން ފަށައިފި
10 Dec 2025 ދުނިޔެ

ކޮވިޑް ވެކްސިންތަކާ ގުޅިގެން މަރުވިކަމަށް ބެލެވޭ މައްސަލަތަކެއް އެމެރިކާގައި ތަހުގީގުކުރަން ފަށައިފި

ކޮވިޑް-19 ވެކްސިންތަކާ ގުޅިގެން އެކި އުމުރުފުރާގެ މީހުން މަރުވިކަމަށް ބެލެވޭ މައްސަލަތަކެއް ފެންމަތިވެފައިވާތީ، އެ ވެކްސިނުގެ ރައްކާތެރިކަމާގުޅޭ ދިރާސާއެއްގެ ތަހުގީގުތަކެއް އެމެރިކާގެ އެފް.ޑީ.އޭ އިން ...

މިއަހަރުގެ މިހާތަނަށް ކޮވިޑްގެ 100 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި
04 Jun 2025 ހަބަރު

މިއަހަރުގެ މިހާތަނަށް ކޮވިޑްގެ 100 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި

މިއަހަރުގެ މިހާތަނަށް ކޮވިޑް-19 ގެ 100 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ކޮވިޑްގެ 107 ކޭސް ވަނީ ރިޕ...

ރާއްޖޭގައި ކޮވިޑް19 ފެތުރުން އިތުރުވެ ސަމާލުވާން އެދިއްޖެ
22 May 2025 ހަބަރު

ރާއްޖޭގައި ކޮވިޑް19 ފެތުރުން އިތުރުވެ ސަމާލުވާން އެދިއްޖެ

ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާ ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ. ދުނިޔެ ހުއްޓުމަކަށް ގެނައި އާލަމީ ވަބާ -- ކޮވިޑް19...

ބަލިން ރަނގަޅު ވުމަށްފަހުވެސް ކޮވިޑް ވައިރަސް ސިކުނޑި އާއި ބޮލުގެ ނާށިގަނޑުގައި ދެމިހުރޭ: ދިރާސާ
01 Dec 2024 ހަބަރު

ބަލިން ރަނގަޅު ވުމަށްފަހުވެސް ކޮވިޑް ވައިރަސް ސިކުނޑި އާއި ބޮލުގެ ނާށިގަނޑުގައި ދެމިހުރޭ: ދިރާސާ

ކޮވިޑް-19 ބަލިމަޑުކަމުގެ ފަހަތުގައިވާ ވައިރަސް ކަމުގައިވާ ސާރސް-ކޮވް-2، އިންފެކްޝަން ޖެހުމަށްފަހު އަހަރުތަކަކަށް ސިކުނޑިއާއި މެނިންޖަސްގައި ހުންނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ހެލްމްހޯލްޓްޒް މިއ...

ވަޒީރު ސައީދު މިދިޔަ ސަރުކާރަށް: ކޮވިޑުގައި ހިލޭ އެހީގެ ގޮތުގައި ލިބުން 4 ބިލިޔަން ރުފިޔާ ކޮބާ؟
14 Nov 2024 ހަބަރު

ވަޒީރު ސައީދު މިދިޔަ ސަރުކާރަށް: ކޮވިޑުގައި ހިލޭ އެހީގެ ގޮތުގައި ލިބުން 4 ބިލިޔަން ރުފިޔާ ކޮބާ؟

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި މިދިޔަ ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި އެކި އެކި ބޭންކު ތަކުންނާއި ޖަމިއްޔާތައް އަދި ގައުމުތަކުން ލިބުނު 4 ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭނގޭކަމަށް އގްތިޞާދީ ތަރައ...

ވެކްސިން ޖެހުން “މަޖުބޫރު” ކުރި މައްސަލާގައި ޑޮކްޓަރުންނަށް ފާޑު ކިޔުމުން ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި
09 May 2024 ހަބަރު

ވެކްސިން ޖެހުން “މަޖުބޫރު” ކުރި މައްސަލާގައި ޑޮކްޓަރުންނަށް ފާޑު ކިޔުމުން ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި

ކޮވިޑް ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، ކޮވިޑް ވެކްސިން ޖެހުން “މަޖްބޫރު” ކުރި މައްސަލާގައި ޑޮކްޓަރުންނަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ކަންބޮޑުވުންފާޅުކޮށ...