ސައުދީން އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި، މި އަހަރު ރާއްޖެއަށް 60 ޓަނު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ ކަދުރުގެ އިތުރު ޝިޕްމަންޓެއް ހަދިޔާ ކޮށްފި އެވެ.
ސައުދީން ފުރަތަމަ ހަދިޔާ ކުރީ 50 ޓަނު ކަދުރެވެ. އެ ކަދުރު ސަރުކާރުން ކަނޑައެޅި އުސޫލެއްގެ ދަށުން ވަނީ ބަހާފަ އެވެ.
މިނިސްޓްރީން މިއަދު ބުނީ ސައުދީ ސަރުކާރުން ކަދުރުގެ އިތުރު ޝިޕްމަންޓެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ. މި ފަހަރު ހަދިޔާކުރީ 10 ޓަނު ކަދުރެވެ.
މި ކަދުރު ބަހާނެ ގޮތެއް މިނިސްޓްރީން ނުބުނެ އެވެ.
މިނިސްޓަރު ޝަހީމް ވަނީ އިތުރު ކަދުރު ޝިޕްމަންޓެއް ހަދިޔާ ކުރުމުން ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް