މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ---ފޮޓޯ: އެމްއޭސީއެލް
މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ---ފޮޓޯ: އެމްއޭސީއެލް
ވިޔަފާރި 13 May 2023 | 07:18

މެލޭޝިޔާގެ ބަޓިކް އެއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށައިފި

މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުން ނޫސް ބަޔާނެއްގައި ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ 8:30 ގައި ޖައްސާފައިވާއިރު، ބޯޓަށް މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓަރ ސެލިއުޓްއަކުން ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި، 57 ފަސިންޖަރުން ރާއްޖެ އައިސްފައިވާއިރު ބަޓިކް އެއާއިން ދިވެހިރާއްޖެއާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މިދަތުރުތައް ރާވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި އަދި ސިދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގައެވެ. ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު ފަށާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.

މީގެ ކުރިން 'މަލިންޑޯއެއަރ' ގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއަރލައިން 'ބަޓިކް އެއަރ' އަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެ އަރލައިންވަނީ ހާއްސަ ޕްރޮމޯޝަންތަކާއި އެކު ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

މި އެއާލައިން އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވާއިރު މިކަމަކީ މި މަންޒިލްތަކުން ރާއްޖެއަށް ދަތުރުވެރިން ފަސޭހަކަމާއި އެކު އައުމުގެ މަގު ފަހިވެގެންދާނެ ކަމެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މިއާއިއެކު ރާއްޖެއަށް ދަތުރުކުރާ އެއަރެލައިންތައް އިތުރުވެގެން ދިޔުމަކި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެއް ކަމަށް އެކޯޕަރޭޝަންއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ވަނީ ބަޓިކް އެއަރގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް ވެސް މިއަހަރު ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް ފާހަގަކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވީއައިއޭގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން މީހާ 15 ދުވަހަށް ބަންދުކޮށްފި
25 Oct 2026 ހަބަރު

ވީއައިއޭގެ ބިއްލޫރިގަނޑަކަށް ގެއްލުންދިން މީހާ 15 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓުން މި ނިންމުން ނިންމާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން، އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގެ އެރައިވަލް ހޯލުގައި ހުންނަ އިމިގްރޭޝަން ހޯލްޑިން ސެލްގެ ބިއްލޫރިގަނޑަށް ގެއްލުންދީފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ، ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އެ އިދާރައިން މައުލޫމާތު ދެއެވެ.

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި
08 Oct 2026 ހަބަރު

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި

އެ ކުންފުނިން ދާދި ފަހުން މީސް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި މެސެޖުތަކުން ފެންނަ ގޮތުގައި، ވީއައިއޭގެ ސްޕެޝަލް އެސިސްޓެންސް ޓީމުން ބަލިމީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދެއެވެ. ސިއްހީ ކުއްލި ހާލަތްތަކުގައި ނުވަތަ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތައް ތިބެނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑު ބުރައެއްގައި ކަމަށް ވާއިރު، އެފަދަ ވަގުތުތަކުގައި އެއާޕޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބޭ ޕްރޮފެޝަނަލް އަދި އޯގާތެރި އެހީތެރިކަމަކީ އާއިލާތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ
07 Oct 2026 ހަބަރު

އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ

އެއާ ފްރާންސް ކޭއެލްއެމް މާޓިނެއާ ކާގޯ )އޭއެފްކޭއެލްއެމްޕީ ކާގޯ( އިން އަންނަ ޑިސެމްބަރު މަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިޑް ބޮޑީ ބެލީ ކާގޯގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.