ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ސްވިޑަންއަށް
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު ސްވިޑަންއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅަކީ މިއަދު އޮންނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ސްވިޑްންގެ ސްޓޮކްހޯމްއަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ފޯރަމްގައި އިންޑޯރ ޕެސިފިކް ސަރަހައްދާއި އީޔޫގެ 60 ވަރަކަށް ފޮރިން މިނިސްޓަރުންނާއި އިންޑޯ ޕެސިފިކް ސަރަހައްދުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސްޓޮކްހޯމްއަށް ވަޑައިގެން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑޯ ޕެސިފިކް ސަރަހައްދާއި ޔޫރަޕިއަން ޔޫނިއަނާމެދު އޮތްް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މި ފޯރަމަކީ ދުނިޔޭގެ ތަރައްގީއާއި، އެކި ސަރަހައްދުތަކަށް ކުރާ އަސަރުތައް ވަޒަންކުރުމަށް މުހިންމު މަސައްކަތްތަކެއް ޕްލެޓްފޯމެކެވެ.
މި ދަތުރު ނިންމަވައި މިނިސްޓަރ އެނބުރި ވަޑާއިގަންނަވާނީ މާދަމާއެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް