ރައީސް ޞާލިހާއި ރަސްގެފާނު ޗާލްސް ތިންވަނަ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޞާލިހާއި ރަސްގެފާނު ޗާލްސް ތިންވަނަ-- ފޮޓޯ: ރައީސް އޮފީސް
ދުނިޔެ 13 Sep 2022 | 09:59

ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ޞާލިހް އިނގިރޭސިވިލާތައް ވަޑައިގަންނަވަނީ

ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގަންނަވަން ނިިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވަނީ 'ވޮއިސް' އަށް ކަށަވަރު ކޮށްދީފައެވެ. މިކަމާއި ގުޅިގެން މިއުވާން ވިދާޅުވެފައިވަނީ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ރައީސް ޞާލިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލު ކުރިއަށް އޮތް ތަނުގައި ހިއްސާކުރައްވާނެ ކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.

މި މަހު 8 ވަނަ ދުވަހު ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި އަވަހާރަވި ރާނީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

މިއަދު ރާނީގެ ހަށިކޮޅު ސްކޮޓްލޭންޑުން އިނގިރޭސި ވިލާތައް ގެންދިއުމަށް ހަމަޖެހިފައިވާއިރު އިއްޔެ ސްކޮޓްލޭންޑުގެ އެޑިންބަރާގައި އެކަމަނާގެ ހަދާނުގައި ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. މި ހަފްލާގައި ރާނީ އަވަހާރަވުމުން ތަހުތާއި ހަވާލުވެވަޑައިގެންނެވި އެކަމަނާގެ ދޮށީ ދަރިކަލުން ރަސްގެފާނު ޗާލްސް ތިންވަނައިގެ އިތުރުން އިނގިރޭސި ޝާހީ އާއިލާގެ މެންބަރުން ވަނީ ބައިވެވެވަޑައިގަނެފައެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބޭއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
09 Oct 2026 ރިޕޯޓް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟

އިއްޔެ ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައ...

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން ރައީސް ޞާލިޙް: އެފަދަ މަޝްރޫޢުއެއް ކުރިއަށް ދިއުމަށް އެމްޑީޕީ ސަރުކާރެއްގައި ޖާގަވެސް ދީގެން ނުވާނެ
02 Oct 2026 ހަބަރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން ރައީސް ޞާލިޙް: އެފަދަ މަޝްރޫޢުއެއް ކުރިއަށް ދިއުމަށް އެމްޑީޕީ ސަރުކާރެއްގައި ޖާގަވެސް ދީގެން ނުވާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ (ފުށިދިއްގަރުފަޅު) މަޝްރޫޢަކީ ސިއްރު އެއްބަސްވުމެއްގެ ދަށުން ހިންގާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ސަރުކާ...

ރައީސް ސޯލިހް ކުރިމަތިލައްވަންވީ ސަބަބެއް ނުވިސްނޭ: ރައީސް ނަޝީދު
08 Sep 2026 ހަބަރު

ރައީސް ސޯލިހް ކުރިމަތިލައްވަންވީ ސަބަބެއް ނުވިސްނޭ: ރައީސް ނަޝީދު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވަންޖެހޭ ސަބަބެއް ނުވިސްނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ޕ...

ރައީސް ޞާލިޙް 2028 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި
13 Aug 2026 ހަބަރު

ރައީސް ޞާލިޙް 2028 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2028 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ. ޕްރައިމަރީއަށް ނުކުންނަވާނެކަން ރަސް...

ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ
05 Jul 2026 ހަބަރު

ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އިދިކޮޅު ތިން ރައީސުން ގުޅިގެން ފަށާފައިވާ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ތިން ރައ...

އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން: ރައީސް ޞާލިޙް
26 Jun 2026 ހަބަރު

އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން: ރައީސް ޞާލިޙް

އިދިކޮޅު އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ...