އެމްއޭސިއެލް މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދެނީ!
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދޭން ނިންމައިފިއެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ މަހްޖޫބް ޝުޖާޢު ސޮއިކުރައްވައި ފޮނުއްވި ލިޔުމަކުން މިއަދު އެކުންފުނީގެ މުވައްޒަފުންނަށް ވަނީ އެކަން އަންގަވައިފައެވެ.
"ކޮވިޑް-19ގެ ހާލަތާ ގުޅިގެން މުސާރައިގެ %50 ޑޮލަރުން ދެމުން ގެންދިޔަ ގެންދިއުން މެދުކަނޑާލުމަށް ފަހު ސެޕްޓެމްބަރު 2023 އިން ފެށިގެން އަލުން އަނބުރާ ދޭ ގޮތަށް ހަމަޖެއްސި ކަމުގައި ދެންނެވީމެވެ" އެމްއޭސީއެލްގެ އެމްޑީ ފޮނުއްވާފައިވާ ލިޔުމުގައި ވެއެވެ.
އެމްްއޭސީއެލް އިން މީގެ ކުރިންވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދީފައިވަނީ ޑޮލަރުންނެވެ.
ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން އެކުންފުނީގެ އާމްދަނީ މަދުވާން ފެށުމުން އެއުސޫލް ބަދަލުކޮށް ދިވެހި ފައިސާއިން މުސާރަ ދީފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް