ހުޅުމާލޭގައި އިތުރު ދެ މިސްކިތް ބިނާ ކުރުމަށް އެބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ޕީއެސްއެމް
ހުޅުމާލޭގައި އިތުރު ދެ މިސްކިތް ބިނާ ކުރުމަށް އެބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ޕީއެސްއެމް
ވިޔަފާރި 13 Nov 2022 | 09:33

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 2 މިސްކިތް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ދެ މިސްކިތް އެޅުމަށް ސަންފްރަންޓާއި ވެލިގާ ހާރޑްވެއަރއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސަންފްރަންޓާއި އެކުވި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރަޝާދު އާދަމެވެ.

އެޗްޑީސީން ބުނީ، ސަންފްރަންޓުން ހުޅުމާލޭގައި އަލަށް ބިނާ ކުރަން ނިންމާފައިވާ މިސްކިތަކީވެސް ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒް ކޮށްދޭ ފަރުމާއަކަށް ކުރެހިފައިވާ ރީތި މިސްކިތެއް ކަމަށެވެ. 22,935 އަކަފޫޓުގެ ބިމެއްގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެއްގެ އިތުރުން، މި މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުލޫކުށް ނަމާދު ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އަދި އިރުގެ ހަކަތަވެސް މި މިސްކިތުގައި ބޭނުންކުރެވޭ އިރު މި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ސަންފްރަންޓުގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް ވެލިގާ ހާރޑްވެއަރއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި ވެލިގާ ހާރޑްވެއަރގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބޫބަކުރެވެ.

އެޗްޑީސީން ބުނީ މިސްކަތަކީވެސް ވަރަށް ޒަމާނީ ރީތި ފަރުމާއެއް ކަމަށާ،  15,457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރެވޭ މި މިސްކިތުގައި ވެސް އިރުގެ ހަކަތަ ބޭނުންކުރެވޭނެ ކަމަށެވެ. އަދި އެކަހެރިކޮށް އަންހެނުންނަށް ނަމާދު ކުރުމުގެ ހުރިހާ އިންތިޒާމެއް މި މިސްކިތުގައިވެސް ހަމަޖެހިފައިވާއިރު މިސްކިތުގެ އެތެރޭގައި އާއި ބޭރުގައި އެއްފަހަރާ 2,200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.