ހިޔާ ފްލެޓް ބެލްކަންޏެއްގައި ތަޅުލާފައި ކުޑަކުއްޖެއް ބެހެއްޓި މައްސަލައެއް ބަލަނީ
މީސް މީޑިޔާގައީ ރޭ އާންމުވި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގެ ބެލްކަނީގެ ދޮރު ތަޅުލާފައި ކުޑަކުއްޖެއް އެކަހެރިކޮށް ބަހައްޓައިފައިވާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ތަހުގީގުކުރަމުންދާކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ ކަރާމާތަށް ނުސީދާ ގޮތަކަށް އަސަރު ކޮށްފާނެ ކަމަކަށް ވާތީ، ކުޑަކުދިންނާ ގުޅުންހުރި މިފަދަ ވީޑިއޯ މީސް މީޑިއާގައި ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، ވަގުތުން ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް ވެސް އެޗްއާރުސީއެމްގެ ޓުވީޓުގައި ބުނެފައިވެއެވެ.
ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި އާންމު ކުރުމަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް