އަލްސަންގެ ޢާއިލާ ދިރިއުޅެމުންދާގެ-- ފޮޓޯ: އެހީ ޖަމިއްޔާ
އަލްސަންގެ ޢާއިލާ ދިރިއުޅެމުންދާގެ-- ފޮޓޯ: އެހީ ޖަމިއްޔާ
ރިޕޯޓް 14 Oct 2022 | 12:49

ތުއްތު އަލްސަންގެ ޢާއިލާ އާއްމުންގެ އެހީއަށް ބޭނުންވެފައި!

"މަންމާ ހާސްނުވޭ އަހަރެން ބޮޑުވެގެން މަންމައަށް ބޮޑު ބިއްލޫރި ގެއެއް އަޅައިދޭނަން. ދެން މަންމަ ބައިންދާނީވެސް ފުށް ޖަހާފަ ސްޓޯބެރީކާން."

މިއީ 7 އަހަރުގެ ތުއްތު އަލްސަން، އޭނާގެ މަންމަ އެ އާއިލާގެ ހާލަތާއިމެދު ފިކުރު ބޮޑުވެފައި އިންދާ މަންމަ ކައިރިއަށް އައިސް ބުނެލި ވާހަކައެވެ. އެ ތުއްތު ދަރިފުޅު އޭނާގެ މަންމައަށްޓަކައި ކުރާ އުއްމީދުތަކުން ކުޑަ މިންވަރެކެވެ.

މިއީ ލޮލަށް ނުފެންނަ މީހަކަށް ގަބޫލުކުރަންވެސް ދަތި ހާލެއްގައި ހއ. އުލިގަމުގައި ދިރިއުޅެމުންދާ ޢާއިލާއެއްގެ ވާހަކައެވެ. ތިން ކުދިންނާއިއެކު ދެމަފިރިއެއް ހއ. އުލިގަމުގައި ހުންނަ ގެއެއްގައި ދިރިއުޅެމުންދަނީ ހީވެސް ނުކުރާ ފަދަ ދަތި ހާލުގައެވެ. އެ އާއިލާގައި ތިބި ތިން ކުދިންގެ ތެރެއިން އެންމެ ކުޑައީ ތުއްތު އަލްސަން އެވެ.

އަލްސަންގެ ޢާއިލާ ދިރިއުޅެމުންދާ ގެ. ގޭގެ ބޮޑުބައި ހެދިފައިވަނީ ފަނުންނާއި ޓިނުން--ފޮޓޯ/އެހީ ޖަމިއްޔާ 

ދިވެހިރާއްޖޭގައި ހާލުގައި ދިރިއުޅެމުންދާ މިފަދަ އާއިލާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޖަމިއްޔާ އެއް ކަމަށްވާ އެހީ ޖަމިއްޔާއިން އަލްސަންގެ މި ޢާއިލާ ދިރިއުޅެމުންދާ ގެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. އެގޮތުން ކުރި ޒިޔާރަތުގައި އެ ޖަމިއްޔާ އަށް ފާހަގަ ކުރެވުނު ކަންކަމާއި ގުޅޭގޮތުން ހިއްސާ ކުރި މައުލޫތު ތަކުގައި އެ ޢާއިލާ އުޅެމުންދާ ގޭގެ ހާލަތާއި، ޢާއިލާގެ އާއްމު ދިރިއުޅުމުގެ ހާލަތު ވަނީ ހާމަކޮށްދީފައެވެ.

ޢާއިލާ ނިދާން ބޭނުން ކުރާ ކޮޓަރިއެއް-- ފޮޓޯ: އެހީ ޖަމިއްޔާ 

"އެގޭގެ ބޮޑުބައި ހުރީ ފަނުންނާއި ޓިނުން. ވިއްސާރަ ވެއްޖެނަމަ އެކަމުން ސަލާމަތްވާނެ ކުޑަނަމަވެސް ގޮތެއް އޮތް ކަމަށް ނުފެނޭ. ދެ ކޮޓަރިއަކަށް ބަހާލެވިފައިވާ އިރު އެތަނުން އެއް ކޮޓަރީގެ އެއް ބޮކި ދިއްލޭ. ނަމަވެސް އަނެއް ކޮޓަރިއަށް އެއްވެއް މިންވަރެއްގެ އަލިކަމެއް ނުލިބޭ. އެތެރެއަށް ވަދެ ބެލި ބެލުމުން އެންމެ އަސާސީ ކަންކަން ހަމަ ނުވާކަން ފާހަގަވި. ފާހާނައެއްގެ ގޮތުގައި ބޭނުންކުރުމަށް ހެދިފައިވާ ތަނަކީ ޓިނުން ހެދިފައިވާ ތަނެއް. އަދި ފެންވެރޭނެ ލުއި ގޮތެއް ނެތް ހާލު ފާހާނަ ހެދިފައިވާ ދިމާއަކީވެސް އެންމެ ކަމުދާ ދިމާ ކަމުގައި ނުވޭ. ފެންވަރާ ގައިން ތާހިރު ވުމަށް އެކަށޭނެ ތަނެއް ނޫން އެއީ. އެތެރެއަށް ވަދެގެން ދިޔައިރު ފާހަގަވެގެން ދިޔައީ ބަދިގެއެއްގެ ގޮތުގައި ބޭނުންކުރާ ތަނުގައިވެސް އަސާސީ ކަންކަން ހަމަނުވާކަން."

ޢާއިލާ ކެއްކުމަށް ބޭނުންކުރާ ބަދިގެ-- ފޮޓޯ: އެހީ ޖަމިއްޔާ 

އަލްސަންގެ ބައްޕަ އަކީ ދަނޑުވެރިކަން ކުރާ މީހެކެވެ. އެ ޢާއިލާއަށް ކައިބޮއި ހަދަން ފައިސާ ލިބެނީ، އެ މަގުންނާއި، ހެޔޮއެދޭ ބައެއް ފަރާތް ތަކުންދޭ ދީލަތި އެހީގެ އިތުރުން ބައެއް ފަހަރު ފިހާރަ ތަކުން ދަރަންޏަށް ތަކެތި ނަގައިގެންކަމަށްވެސް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އަދި ދަނޑުވެރި ކަމަކީ މޫސުމީ ކަމަކަށް ވާއިރު، އެކަމުން ލިބޭ ފައިސާއިން ދެކޮޅު ޖެހޭވަރު ވުމަކީ މިފަދަ ޒަމާނެއްގައި ވާނޭ ކަމެއް ނޫނެވެ.

ޢާއިލާ ބޭނުން ކުރަމުންދާ ފާޚާނާ އެތެރެ. މިތަނުގެ ތެރޭގައި ފެންވެރޭނެ ލުއި ގޮތެއް ނެތް.-- ފޮޓޯ: އެހީ ޖަމިއްޔާ 

"މި ނިމުނު ރަމަޟާން މަހު ޢާއިލާގެ ހުރިހާ މެންބަރުންވެސް ތިބީ ގިނަ ދުވަސްތަކު ބަނޑުހައި ހޫނުކަމުގެ ހާލަތުގައި. ސަބަބަކީ ޢާއިލާއަށް އައްމު ގޮތެއްގައި އެހީތެރިވަމުންއައި ހެޔޮ އެދޭ ފަރާތެއް ބޮޑު ބައްޔެއްގައި އެނދުމަތި ވުން ކަމުގައި އެނގިގެން ދިޔަ"

އަލްސަންގެ ޢާއިލާ ބޭނުންކުރަމުންދާ ފާޚާނާ. މިތަނުގެ ހާލު ހުރިގޮތުން މިއީ ފެންވަރާ ގައިން ތާހިރު ވުމަށް އެކަށޭނެ ތަނެއްނޫން-- ފޮޓޯ: އެހީ ޖަމިއްޔާ 

ހއ. އުލިގަމުގައި ދަތިހާލުގައި ދިރިއުޅެމުންދާ މި ޢާއިލާގެ ތުއްތު ދަރިފުޅު، އަލްސަން، އޭނާގެ މަންމައަށްޓަކައި ކުރާ އުއްމީދުތައް ހާސިލްކޮށްދީ، މި އާއިލާ އުޅެމުންދާ ދަތި އުނދަގޫ ތަކަށް ލުުއެއް ހޯދައި ދިނުމަށް އެހީ ޖަމިއްޔާއިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން އެފަދަ ޢާއިލާ ތަކަށް އެހީވުމަށް އެ ޖަމިއްޔާއިން ފަށާފައިވާ "އެހީވާނަން"ގެ ފުރަތަމަ ޕްރޮޖެކްޓު ޚާއްސަ ކޮށްފައި ވަނީ ތުއްތު އަލްސަންގެ ޢާއިލާއަށް އެހީވުމަށް ކަމަށްވާއިރު، މި އެހީ ފޯރުކޮށްދިނުމަށް އެ ޖަމިއްޔާ އަށް އެހީ ވުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން ފައިސާގެ އެހީ ދެއްވުމަށް އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމުން އެކަން ހަމަޖެހޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ބީ.އެމް.އެލް އިސްލާމިކްއެކައުންޓް ނަމްބަރ: 7770000014819

އެކައުންޓްގެ ނަން: EHEE JAMIYYA

ފައިސާގެ އެހީތެރިކަން ދެވެން ނެތް ފަރާތްތަކުން ތަކެތި ހަދިޔާކޮށްގެން ވެސް އެހީ ވެދެވޭނެކަމަަށް އެހީ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އެހީ ޖަމިއްޔާގެ ޓީމާއި ގުޅާލައިގެން މިކަން ކުރިޔަށް ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު 7803433 އަށް ގުޅާލުމުން ލިބޭނެކަމަށްވެސް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އެހީ ޖަމިއްޔާ އިން އިތުރަށް ބުނީ، މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރެވިގެން ދާނެ ކަމަށެވެ.

އިންސާނުންނަށް ނުފެންނަ، ނުވަތަ ނޭނގޭ ކަންކަން ޤަބޫލު ނުކުރެވުމަކީ ނުވަތަ ޤަބޫލުކުރަން ދަތިވުމަކީ އާންމު އުސޫލެވެ. ހަޤީޤަތްކަމުގައި ބަލައިގަންނަށް ފަސޭހަވާނީ ފެންނަ މަންޒަރުތަކެވެ. އެހީ ޖަމިއްޔާގެ މައިގަނޑު މަގްސަދު ބިނާވެފައި އޮންނަނީ ހާލުގައި އުޅޭ މީހުން ހޯދައި އެއީ އުޅޭ ބައެއްކަން، މުޖުތަމަޢުގައި ވާ ބައެއްކަން އެންމެހާ ރައްޔިތުންނަށް ގެނެސްދިނުމެވެ. އެމީހުންގެ ވާހަކަތަށް ކިޔާދީ އެމީހުންނަށް އެހީވެވޭނެ ދޮރުތަކެއް ހުޅުވައިދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު
21 Aug 2026 ހަބަރު

ހުޅުދުއްފާރު ދެކުނު އަވަށުގައި މިސްކިތެއް ބިނާކުރުމަށް ބައިވެރިވުމުގެ ފުރުސަތު

ރ. ހުޅުދުއްފާރުގެ ދެކުނު އަވަށުގައި 250 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުއަށް އިސްނެގި އާއިލާއިން ވަނީ ޖުމްލަ ޚަރަދުގެ 20 އިންސައ...

26 Jun 2026 ލައިފްސްޓައިލް

”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި؛ ދައްކުވައިދެނީ ދަރިފުޅަށް ލޭ ހޯދުމަށް މަސައްކަތްކުރަމުންދާ ބައްޕައެއްގެ އިޙްސާސްތައް

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ”ލޭގެ ޞަދަޤާތް“ ލަވަ ރިލީސްކޮށްފިއެވެ. މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް ...

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ”ލޭގެ ޞަދަޤާތް“ ލަވަ މާދަން ރިލީސް ކުރަނީ
25 Jun 2026 ލައިފްސްޓައިލް

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ”ލޭގެ ޞަދަޤާތް“ ލަވަ މާދަން ރިލީސް ކުރަނީ

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކުރަން "ލޭ އެޕް"އިން އިސްނަގައިގެން ނެރޭ  ”ލޭގެ ޞަދަޤާތް“ ލަވަ މާދަން ރިލީސް ކުރަން ނިންމައިފިއެވެ. މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ...

22 Jun 2026 ލައިފްސްޓައިލް

އަނެއްކާވެސް އިސްލާމިކް ރިދަމްގެ ތަފާތު ލަވައެއް؛ ”ލޭގެ ޞަދަޤާތް“ ޓްރެއިލާ ނެރެފި

"އިސްލާމިކް ރިދަމް"ގެ އާ ލަވަ "ލޭގެ ޞަދަޤާތް" ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ލަވައަކީވެސް އިސްލާމިކް ރިދަމްއިން މީގެ ކުރިން ނެރެފައިވާ ލަވަތަކެކޭ އެއްފަދައިން، ތަފާތު އަދި އަސަރުގަދަ މަސައްކަތަކަށް ...

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރަން ހަވާލު ކޮށްފި
16 Mar 2026 ހަބަރު

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރަން ހަވާލު ކޮށްފި

ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރުމަށް ހަވާލުކޮށްފި އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނީ އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްގީ ކުރަން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ...

ވީރާނާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެއްގައި ދިރިއުޅެމުންދާ މި ޢާއިލާއަށް އެހީވަމާ
15 Mar 2026 ރިޕޯޓް

ވީރާނާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެއްގައި ދިރިއުޅެމުންދާ މި ޢާއިލާއަށް އެހީވަމާ

ގޭގެ ކޮންމެ ތަނަކަށް ބަލާލިނަމަވެސް ވީރާނާކަމާ ފަޅުކަމެވެ. ބާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެކެވެ. ދުރުން ބަލާ މީހަކަށް ހީވާނީ އެއީ ފަޅަށް ހުންނަ ތަނެއް ހެންނެވެ. އެ ހާލަތުގައި ހުރި ތަނެއްގައި ރާއްޖޭގެ...