އާސަންދަ އަދި އެންސްޕާގެ އޮފީސް/ ފޮޓޯ: ސޯޝަލް މީޑިއާ
އާސަންދަ އަދި އެންސްޕާގެ އޮފީސް/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު 14 Oct 2023 | 06:55

އެންސްޕާއިން އިތުރަށް 198 މިލިއަން، އާސަންދައިން 487 މިލިއަން ޚަރަދުކޮށްފި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައަށް މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެ އިތުރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފި އެވެ.

މިއަހަރުގެ ބަޖެޓުގައި އެންސްޕާއަށް ކަނޑައަޅާފައި ވަނީ 1920.3 މިލިއަން ރުފިޔާއެވެ.

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުގެ 28 ގެ ނިޔަލަށް އެންސްޕާއިން ވަނީ 2118.3 މިލިއަން ޚަރަދުކޮށްފަ އެވެ. އެއީ ކަނޑައަޅާފައިވާ ބަޖެޓަށްވުރެ 198 މިލިއަންގެ އިތުރުވުމެކެވެ.

އޭގެ އިތުރުން މިއަހަރުގެ ނިޔަލަށް އެންސްޕާއަށް ކުރާ ޚަރަދު 2 ބިލިއަނަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.

އެންސްޕާގެ އިތުރުން އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް 487 މިލިއަން ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރު އާސަންދައަށް ބަޖެޓުކޮށްފައި އޮތީ 1.045 ބިލިއަން ރުފިޔާއެވެ.

އެހެން ނަމަވެސް ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރުގެ ނިޔަލަށް 1.531 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އެހެންކަމުން މިއަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ 487.6 މިލިއަން ރުފިޔާ ވަނީ އިތުރަށް ޚަރަދުކޮށްފަ އެވެ.

މި އަހަރަށް ބަޖެޓު އެކުލަވާލަމުން ސަރުކާރުން ބުނެފައިވަނީ އާސަންދައަށް ކުރާ ޚަރަދުތައް ކުޑަކޮށް ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

އެހެން ނަމަވެސް އާސަންދައާއި އެންސްޕާއިން ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާއިރު، އިންތިޚާބުތަކާއި ދިމާކޮށް އާސަންދައިން ކުރާ ޚަރަދުތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް: އެންސްޕާ
22 Sep 2026 ހަބަރު

އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް: އެންސްޕާ

ދައުލަތުގެ އެހީގައި ރާއްޖޭގައި ދެމުން އަންނަ ތަފާތު ތެރަޕީތަކުގެ ތެރެއިން އަދިވެސް އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފ...

އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެންސްޕާއިން އެދިއްޖެ
30 Aug 2026 ހަބަރު

އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެންސްޕާއިން އެދިއްޖެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެ...

ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ؛ އަދަދު ފަހުން ހާމަކުރާނަން: އެންސްޕާ ސީއީއޯ ޝިރުނާ
05 Aug 2026 ހަބަރު

ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ؛ އަދަދު ފަހުން ހާމަކުރާނަން: އެންސްޕާ ސީއީއޯ ޝިރުނާ

ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ. ތަފާތު އެކި ޙާލަތްތަކުގައ...