އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު
އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ހަބަރު 15 May 2023 | 06:30

ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިފްއަތުގެ މައްސަލަ ކުރިއަށް ގެންދާނަން: މަޖިލިސް

އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހަޅާފައި ވަނީ ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް ބުނެއެވެ.

ފޯޅަވަހި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސިއާއި ޚިލާފަށްކަމަށް ޤަބޫލުކުރާ ސިޔާސީ ޕާޓީތައް ވަނީ އެ މައްސަލައިގައި ގުޅިގެން ކުރިއަށް ދިއުމަށް އިއްތިހާދެއް އެކުލަވާލާފަ އެވެ. އެ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފިކުރެއްގެ ދިރުމާއި، ޖުމްހޫރީ ޕާޓީ އާއި އަދި އެމްއެންޕީއެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖިލީހަށް ހުށަހެޅުމާއެކު، އެކަމާ ދެކޮޅަށް ތްރީލައިންވިޕެއް ނެރުމަށް އެމްޑީޕީން ވަނީ ތައްޔާރުވާން ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް "ވޮއިސް" އަށް ވިދާޅުވީ، އެކަމާ ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ނުބާއްވާ ކަމަށާއި ނަމަވެސް ތްރީލައިން ވިޕެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

"އެއީ އަބަދުވެސް ސަރުކާރުގަ ތިބޭ ސަރުކާރު ވަޒީރުންނާ ދެކޮޅަށް އަންނަ މައްސަލަތަކުގަ މީގެ ކުރީގެ އެމްޑީޕީ ސަރުކާރު 2008 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމަޔަށް އޮތް އިރުވެސް ވަޒީރެއްގެ އިރުބާރު ނެތްކަމުގެ މައްސަލައެއް ވެއްޖެއްޔާ ތްރީލައިން ވިޕް ނެރެފަ ހުރީ އެކަމާ ދެކޮޅަށް" އަސްލަމް ވިދާޅުވިއެވެ.

އެ އުސޫލުން ބަލާއިރު މިފަހަރުވެސް ތްރީލައިން ވިޕެއް ނެރޭނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެކަން ރަސްމީކޮށް ނިންމާނީ މެމްބަރުން ކަމަށާއި އެ މައްސަލައާ މެދު މަޝްވަރާ ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
11 Oct 2026 ހަބަރު

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބިލިއަނަރު އެލަން މަސްކުގެ ސްޓާލިންކް ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ. ސްޕޭސް އެކްސް އިން ހިންގާ ސްޓާ ލިންކުންދޭ ހައި ސްޕީޑް އި...