ޖެޓްސްކީގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރި މީހުން-- ފޮޓޯ: އެޗްޑީސީ
ޖެޓްސްކީގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރި މީހުން-- ފޮޓޯ: އެޗްޑީސީ
ވިޔަފާރި 15 Nov 2022 | 04:56

ޖެޓްސްކީ ގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރުމުގެ އެވޯޑު އެޗްޑީސީގެ 2 މުވައްޒަފަކަށް

މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021 ނޯތް ޓު ސައުތް" ގެނަމުގައި މޯލްޑިވްސް ވޯޓާ ސޮޕޯޓްސްއިން ކުރި ދަތުރުގައި ބައިވެރިވި އެޗްޑީސީގެ ދެ މުވައްޒަފަކަށް، ގޯލްޑް ކޮއިންގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއިން އެވޯޑް ދެއްވައިފިއެވެ.

މިއެވޯޑު ދެއްވީ، އިއްޔެ ޓުއަރިމް މިނިސްޓްރީގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރ ޑޮކްޓަރ ޑރ.މައުސޫމެވެ. މި އެވޯޑް ލިބުނު އެޗްޑީސީގެ ދެ ސްޓާފުންނަކީ، ސީ.އެސް.އާރް އިވެންޓް ސްޕެޝަލިސްޓް އަހްމަދު ޝާމިލް އާއި ޕްލޭނިންގ ޑިޕާޓްމެންޓްގެ ރޯޑް އެންޑް ސޭފްޓީ މެނޭޖަރ އަހްމަދު ސޮފްވާނަށެވެ.

މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން، ރާއްޖޭގެ އުތުރުން ދެކުނަށް ކުރިދަތުރެކެވެ. މިދަތުރުގައި އޮފިޝަލް ހަ ރައިޑަރުންނާއި ސްޕެއަރ ތިން ރައިޑަރުންވަނީ ބައިވެރިވެފައެވެ.

ތުރާކުނުންފެށި މި ދަތުރު ފެށިއިރު މި ދަތުރުގެ ބައިވެރިންވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކޮށްފައެވެ. އަދި މީގެ ކޮންމެ ރަށަކުން އެރަށެއްގެ ކައުންސިލްއިން ދިން ފިލާއެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން، ކޮންމެ ރަށަކުން އެރަށެއްގެ ވެލި އަޅާފައިވާ ވެލިވަނީ ދަތުރުގެ ބައިވެރިންނަށް އަރުވާފައެވެ. މިއީ ޖެޓްސްކީ ތަކެއްގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރި ފުރަތަމަފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި
18 Oct 2026 ހަބަރު

ފަތުރުވެރިކަމަށް ރަށްރަށް ކުއްޔަށް ދިނުމުގައި 6 އަތޮޅަކަށް ޚާއްޞަ ލުއިތަކެއް ދީފި

ދެ އަހަރު ދުވަހުގެ މުއްދަތަށް މި ޚާއްޞަ ކޮންސެޝަން ރޭޓުތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށެވެ.

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި
18 Oct 2026 ހަބަރު

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި

އެޗްޑީސީން ބުނީ، މިހާތަނަށް ރެއިލިން ހަރުކޮށްދީފައިވަނީ 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ކަމަށެވެ. ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.