ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން
ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން
ވިޔަފާރި 16 Feb 2023 | 02:25

ބައު ދަގަނޑުގެ ވިޔަފާރިއަށް ހުޅުމާލެ އިން ބިން ކުއްޔަށް ދޫކުރަނީ

ބައު ދަގަނޑު ގަނެ ވިއްކާ ހަދާ ވިޔަފާރިއަށް ހުޅުމާލެއިން ބިން ކުއްޔަށް ދިނުމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެކޯޕަރޭޝަނުން ބުނެފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާއި ކުރިޔަށް  ގެންދިޔުމާއި ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑު ފަދަ ތަކެތި ގިނަވެ މިތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތައް އާންމުވެފައިވާކަމަށެވެ.  މިގޮތުން، މިވިޔަފާރި ކުރަމުން ގެންދާ ބައެއް ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާކަން އެކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މިކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރުން މިފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ބިން ކުރުމުއްދަތަށް ދޫކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ބިން ދޫކުރުމުގެ އެއްމެ ބޮޑު މަޤުސަދަކީ  ދަގަނޑު ވަގަށް ނެގުން ގިނަވެ، ވަގަށް ނަގާފައިވާ ދަގަނޑު ވިއްކުން އާއްމުވެފައި ވުމާއި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރި ކުރަމުން ދާތީ  އެކަންކަން ހުއްޓުވައި އުސޫލެއްގެ ތެރެއިން ބާދަގަނޑުގެ ވިޔަފާރި ކުރާ ފަރާތްތަކަށް  އެވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މީގެ އިތުރުންވެސް މިގޮތަށް ބަހެއްޓިފައި ހުންނަ ދަގަނޑުތައް އަދި ވަޅުލެވިފައި ހުންނަ ކޭބަލްތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަތުމަކީ ވެސް މިގޮތަށް ބިން ދޫކުރުމުގެ އެއް ބޭނުން ކަމަށް ވެސް އެޗްޑީސީ އިން ބުނެފައިވެއެވެ.

އަދި 15 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން އިސްވެ ދެންނެވުނު ފަދައިން އާންމުންނަށް އުނދަގޫ ވާނެހެން މަގާއި ދުވާރު ބަންދު ކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާއި މެދު އެކޯޕަރޭޝަނުން ފިޔަވަޅު އަޅުމަށް ނިންމާފައިވާ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ބައު ދަގަނޑުގެ ވިޔަފާރި ކުރުމަށް ބިން ބޭނުން ވާ ފަރާތްތަކަކީ ވިޔަފާރި ހުއްދައާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށާއި،  އަދި އެކޯޕަރޭޝަނަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތެއް ކަމުގައިވެގެންނުވާނެ ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.