ސީޕީ ނ. މަނަދޫ ކުރެއްވި ޒިޔާރަތުގެ ތެރެއިން އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވަނީ
ސީޕީ ނ. މަނަދޫ ކުރެއްވި ޒިޔާރަތުގެ ތެރެއިން އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ބައްލަވާލައްވަނީ
ހަބަރު 16 May 2023 | 13:15

ސީޕީ ހަމީދު، ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ގާތުން ބައްލަވައިފި

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަަދު ޙަމީދު ރަސްމީ ދަތުރުފުޅެއްގައި ނ. އަތޮޅަށް ވަޑައިގެން ނ. މަނަދޫ / އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ގާތުން ބައްލަވައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުން ޚަބަރެއްގައި ބުނެފައިވަނީ ސީޕީ ނ. އަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވާފައިވާ ކަމަށެވެ.

އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ސީޕީ ވަނީ މިއަދު ނ. އަތޮޅު މަނަދޫއަށް ވަޑައިގެން، އެރަށު ކައުންސިލާއި އެރަށުގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުންނާ ބައްދަލުުރައްވާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި ނައީމާގެ މަރުގެ މައްސަލަައިގެ ތަހުގީގު ކުރިއަށްދާ ގޮތް ކައިރިން ބައްލަވާލައްވާ، ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ސީޕީ ވަނީ އެރަށުގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރަމުންދާ ސައިޓަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނައީމާގެ މަރަށް މިހާރު މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވީއިރުވެސް ފުލުހުން ކުރަމުންދާ ތަހްގީގުގެ ތެރެއިން މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ނަމަވެސް މައްސަލައިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ވަނީ ނަގާފައެވެ.

މަނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ނަޢީމާގެ ގެއަށް ޢާންމުކޮށް ވަދެ އުޅޭ މީހުންނާއި، އެނޫންވެސް ބައެއް މީހުންގެ އިނގިލީގެ ނިޝާން ފުލުހުން ނަގައި ރަށުގެ އެކި ސަރަޙައްދުތަކަށް ފުލުހުން ގޮސް ބައެއް މީހުންނާއި ސުވާލުކުރަމުން އަންނަކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
12 Oct 2026 ހަބަރު

މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި

މަސްތުގެ ހާލަތުގައި ހުރެ، ސައިކަލު މަތީގައި އޮށޯވެ އޮވެ، ނުރައްކާތެރިކޮށް ދުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި 26 އަހަރުގެ އަޙްމަދު ފާރިޘް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރ...