ފޮޓޯ-- އެސްޓީއޯ
ފޮޓޯ-- އެސްޓީއޯ
ވިޔަފާރި 16 Oct 2022 | 10:52

އަގުހުރި އިނާމްތައް ލިބޭ އެސްޓީއޯގެ "ހެއްޔާ މަކިޓާ މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ އިން ކުރިއަށް ގެންދާ "ހެއްޔާ މަކިޓާ" ޕްރޮމޯޝަން ގެ ދަށުން "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި މުބާރާތެއް ކުރިއަށްގެންދާން އެ ފިހާރައިން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، ހެއްޔާ މަކިޓާ މުބާރާތަކީ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހި މަސައްކަތްތެރިންގެ ފަންނުވެރިކަން، ވާދަވެރި މާހައުލެއްގައި އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް، ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތުގެ މަޤްސަދަކީ ވަޑާން މަސައްކަތުގެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއަށް ނެރެދީ، އެފަރާތްތަކުގެ މަސައްކަތްތައް ދައްކާލެވޭނެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މުބާރާތުގެ ގަވާއިދު

1. މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ.

2. މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެންނެވެ.

3. މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެއެވެ.

4. މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓަށެވެ. ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެއެވެ.

5. މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ 1 މިނެޓްގެ ވީޑިއޯއެއް ހުށައަޅަންވާނެއެވެ. (މި ވީޑިއޯގައި މަކީޓާ ޕަވާޓޫލްސް ބޭނުންކުރާ ތަންފެނިގެންދާންޖަހޭނެއެވެ)

6. މި މުބާރާތުގެ ބައިވެރިން ހުށައަޅާ ވީޑިއޯ 1080 ޕީ ކޮލިޓީގެ (އެޗް ޑީ) އަށް ވުރެ ދައްވެގެންނުވާނެއެވެ.

7. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 23 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހުގެ 22:00 ގެ ކުރިން ހުށައަޅަންޖެހެނޭއެވެ.

ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް އިން ލިބޭނެއެވެ. މީގެ އިތުރުން އެސްޓީއޯ ވެބްސައިޓު sto.mv އިން ވެސް ޑައުންލޯޑްކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ފޯމް ހުށައެޅޭނެ ގޮތްތަށް:

ވައިބާ: 7980240

އީމެއިލް: [email protected]

އެސްޓީޢޯ މަކީޓާ ޝޯރޫމް ކައުންޓަރަށް.

8. މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއްމަސްދުވަހުގެ މުއްދަތެއް ލިބޭނެއެވެ. (25 އޮކްޓޫބަރ 2022 އިން 25 ނޮވެމްބަރ 2022 އަށް).

9. އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 25 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހު ހަވީރު 4 ޖަހެމުގެ ކުރިންނެވެ.

10. ތައްޔާރު ކުރެވިފައިވާ ތަކެތީގެ ވީޑިއޯ އެސްޓީއޯ ގެ ފޭސްބުކް އަށް އަޕްލޯޑް ކުރާނީ އެސްޓީއޯއިންނެވެ.

11. ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރި ކުރެވެނީ އެންމެ އައިޓަމެކެވެ.

12. މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ؛

ޖަޖުންގެ %70

އާމުންގެ %20 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު)

ހުށައަޅާ ވީޑިއޯ %10

13. މަކިޓާ ބްރޭންޑް އިސްތިހާރު ކުރުމަށް، މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތައް އެސްޓީއޯ އިން ބޭނުންކުރެވޭނެއެވެ.

14. މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެއެވެ. އެހެންފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރެވޭނެ ކަމަށް އަދި އޭގެ ޒިންމާ ނަގަންޖެހޭނީ އެހުށައެޅި ފަރާތުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. ދެވަނަ އިނާމަކަށް 30،000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބޭއިރު، 3 ވަނަ އިނާމްއަކަށް 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެއް ލިބޭނެކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި
29 Oct 2026 ވިޔަފާރި

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ 400 މިލިއަނަށް އެރިއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ
19 Oct 2026 ވިޔަފާރި

ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ބޮޑަށް އަމަލުކުރާ ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން )އެސްޓީއޯ( ހޮވިއްޖެއެވެ.

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...