ލާމުން އައްޑޫއަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލާމު އަތޮޅުން އައްޑޫ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 8:30ން ފެށިގެން މެންދުރު ފަހު 14:30 ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގައި ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާ ދުވަސްވަރު ރައްޔިތުން އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ފިޔަވަޅުތައް އެޅުމަށް އަބަދުވެސް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް