N/A
N/A
ވިޔަފާރި 16 Nov 2022 | 11:05

ކަރަންޓް ކޭބަލް ބުރިވުން: ފަހި ދިރިއުޅުން ކޯޕަރޭޝަން އިން މަސައްކަތް ކުރީ ހުއްދަ ނުނަގާ

އިއްޔެ ހުޅުމާލޭ ފޭސް ދެއަކުން ކަރަންޓާއި ފެން ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިމާރާތް ކުރަމުންދާ މަޝްރޫއެއްގެ ކޮންޓްރެކްޓަރު ހުއްދަ ނުނަގައި މަގު ކޮންނަނިކޮށް ކޭބަލެއް ބުރިވެގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ 25 ބުރީގެ 16 ޓަވަރުން އިއްޔެ ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި އިމާރާތެއް ކުރަމުން ގެންދިޔަ ބަޔަކު ކޮންނަނިކޮށް، އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ. ކޭބަލްގެ މައްސަލަ ރަނގަޅުކޮށް، އަލުން ކަރަންޓު ދޭން ގިނަ ވަގުތު ނަގާނެތީ ސްޓެލްކޯއަށް ޖެހުނީ ވަގުތީ ކޭބަލެއް ބޭނުންކޮށްގެން ހިޔާ ފްލެޓްތަކަށް ކަރަންޓް ދޭށެވެ. ވަގުތީ ކޭބަލެއް އަޅައިގެން ވެސް ހިޔާފްލެޓް ތަކަށް ކަރަންޓް ދެވުނީ އެތަންތާ ކަރަންޓް ނެތްތާ ހަތަރު ގަޑި އިރު ފަހުންނެވެ.

އެކަމާ ގުޅިގެން މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދޭ މައި ކޭބަލެއް ހަލާކުވީ އެ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިމާރާތް ކުރަމުންދާ މަޝްރޫޢުއެއްގެ ކޮންޓްރެކްޓަރ މަގު ކޮނުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އަދި އެ ކޯޕަރޭޝަނުން ބެލި ބެލުމުން އެގުނު ގޮތުގައި އެ މަސައްކަތް ކޮށްފައިވަނީ ހުއްދަ ނުނަގައި ގަވާއިދާއި ޚިލާފަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، އަދި އެކަމާއި ގުޅިގެން ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މަގު ކޮނުމުގެ މަސައްކަތްތައް ކުރުމުގައި އެކޯޕަރޭޝަންގެ ހުއްދަ ނަގަންޖެހޭނެ ކަމަށެވެ. އަދި ހުއްދަ ދިނުމުގައި ކަރަންޓާއި ފެނުގެ ޚިދުމަތްދޭ ފަރާތްތަކަށް އެ ކޯޕަރޭޝަންގެ ފަރާތުން އަންގަާނެ ކަމަށާ އަދި އިންސްޕެކްޓަރުންގެ ޓީމުން ސައިޓަށްގޮސް މަސައްކަތް ކުރާގޮތް ގަވާއިދުން ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.