އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުންނާ ރައީސް ޞާލިހް ބައްދަލު ކުރައްވައިފި
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމާ ބެހޭގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިއީ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުންގެ އެދިލެއްވުމަށް ރައީސް ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.
ރައީސް ބައްދަލު ކުރެއްވި މެމްބަރުންގެ ނަންތަކެއް އަސްލަމް ވިދާޅެއް ނުވެއެވެ.
މި ބައްދަލުވުގައި މެމްބަރުންގެ ދާއިރާތަކުގައި ހުރި މައްސަލަތަކާއި ދާއިރާތަކުގެ ތަރައްގީގެ މަސައްކަތްތަކާއި އެ ދާއިރާތަކުގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި އެ މަޝްރޫއުތައް އަވަސް ކުރުމާމެދު މެމްބަރުން ރައީސްއާ މަޝްރަވާ ކުރެއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މެމްބަރުންގެ ރިކުއެސްޓަކަށް ރައީސް މެމްބަރުންނާ ބައްދަލު ކުރެއްވީ" އަސްލަމް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް