އިދިކޮޅުގެ ޕްރެސް ކޮންފަރެންސް/ ފޮޓޯ: ޕީޕީއެމް
އިދިކޮޅުގެ ޕްރެސް ކޮންފަރެންސް/ ފޮޓޯ: ޕީޕީއެމް
ހަބަރު 17 Sep 2023 | 07:15

ރައީސް ޞާލިހު މިހާރު އުޅުއްވަނީ ރިޔާސީ އިންތިޚާބު ވަގަށް ނަގަން: އިދިކޮޅު

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން ނިކުމެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނުމުން، މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަސައްކަތްޕުޅު ކުރައްވަނީ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ރީ-ރަޖިސްޓްރޭޝަން އަށް ހުޅުވާލުމާއެކު، މިހާތަނަށް 25000 މީހުން ރީ-ރަޖިސްޓާކުރުމަށް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް، އެއީ ފޯމުތަކުގެ ޞައްހަކަމާއި މެދު ސުވާލު އުފެދޭކަމަށާއި، ރީ-ރެޖިސްޓްރޭޝަން ކުރިއަށްދާ ގޮތް ފާރަވެރިކަމާއެކު ބެއްލެވުމަށް އިދިކޮޅުން ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން ބައްލަވަމުން ގެންދަވާ އޮބްޒާވަރުންނާއި މަންދޫބުންނާއި އަދި ސިޔާސީ ޕާޓީތަކަށް ވެސް ގޮވާލައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއެކު އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރިޔާސީ އިންތިޚާބު އިބްރާހިމް މުޙައްމަދު ޞާލިހަށް ކާމިޔާބު ނުކުރެވޭނެކަން ސަރުކާރު ހިންގާ މައި ޕާޓީއަށާއި، ރައީސް ޞާލިހަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން، ވާދަކޮށްގެން އިންތިޚާބުގެ ދެވަނަ ބުރުން ރައީސް ޞާލިހަށް ޑރ މުއިއްޒު ބަލިނުކުރެވޭނެކަން ރަނގަޅަށް އެނގިވަޑައިގަންނަވާތީ، މިހާރު މަސައްކަތްޕުޅު ކުރައްވަނީ ރިޔާސީ އިންތިޚާބު ވަގަށް ވަގައިގެން ސަރުކާރުގައި ދެމި ހުރުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެގޮތުން ޑރ މުއިއްޒަށް ޔަގީނުންވެސް ވޯޓުދެއްވުމަށް ނިންމަވައިގެން ތިއްބެވި ގިނަ ފަރާތްތަކެއް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަންތަނަށް ރީ-ރަޖިސްޓާކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ހީލަތްތެރިކަމާއެކު ކުރަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީމަ ދެން މިހާރު މި ދިމާކުރަނީ ގަދަކަމުން މި އިންތިޚާބު ވަގަށް ނަގަން. އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވަނީ ރީ-ރަޖިސްޓާކުރުމުގެ ކަންތަކަށް ފަރުވާކުޑަ ނުކުރައްވާ، ވަރަށް ގާތުން އެކަންކަން ބައްލަވަމުން ގެންދެވުމަށް ރަށްތަކުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ޓީމުތަކަށް ގޮވާލައްވާފަ އެވެ.

އޭގެ އިތުރުން ކޮންމެ ބޭފުޅަކުވެސް ރަޖިސްޓްރީވެފައިވާ ތަން ދުރާލާ ބައްލަވާ ކަށަވަރުކުރުމަށާއި، އޮޅުވާލައިގެން ރީ-ރަޖިސްޓްރީ ކުރި މައްސަލަތައް ދިމާވި ފަރާތްތަކުން ޝަކުވާ ހުށައެޅުމަށް ތައްޔާރަށް ތިއްބެވުމަށް ވެސް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ.

އެއާއެކު މި ރިޔާސީ އިންތިޚާބު "ވަގަށް" ނެގިޔަ ނުދިނުމަށް ފާރަވެރިކަމާއެކު ހުރިހާ ރައްޔިތުން ނިކުމެ ރަނގަޅަށް ބަލަމުން ދިއުމަށްވެސް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އަބްދުއްރަހީމް
11 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އަބްދުއްރަހީމް

ރަސްމާލެ މަޝްރޫއަށް ހުރަސް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ، ދިވެހީންނަކީ ބައެއްގެ ނުފޫޒަށް ލެނބޭ ވަރަށްވުރެ ހަރުދަނާ ބައެއ...