މޯލްޑިވްސް އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ހުޅުވައި ދެއްވަނީ--ފޮޓޯ: ވޮއިސް
މޯލްޑިވްސް އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ހުޅުވައި ދެއްވަނީ--ފޮޓޯ: ވޮއިސް
ވިޔަފާރި 19 Mar 2023 | 11:49

މޯލްޑިވްސް އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ޑޮލަރު އޭޓީއެއްގެ ހިދުމަތް ދޭން ފަށައިފިއެވެ.

މއ ފާމުދޭރިގޭގައި ބަހައްޓާފައިވާ މި އޭޓީއެމްއިން އެމްއައިބީ ޑޮލަރު އެކައުންޓް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޮލަރު ނެގޭނެ ކަމަށް އެބޭންކުން މައުލޫމާތު ދެއެވެ.

24 ގަޑިއިރު ހިދުމތް ލިބޭ މި އޭޓީއެމްއިން ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު 1،000 ޑޮލަރު ނެގޭއިރު މަހަކު ގިނަވެގެން ނެގޭނީ 5،000 ޑޮލަރެވެ. އަދި ދުވާލަކު 12،000 ޑޮލަރު ޖަމާކުރޭނެކަމަށްވެސް އެބޭންކުން މައުލޫމާތެ ދެއްވައެވެ.

މި އޭޓީއެމްގައި މިވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑެވެ.

ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެކަމށް އެބޭންކުން މައުލޫމާތު ދެއްވައެވެ. އެމްއައިބީއިން އަންނަނީ ކާޑު ނުލާ ޖަމާކުރުމުގެ ހިދުމަތް އެބޭންކުގެ ރުފިޔާ އޭޓީއެމްއިންވެސް ލިބެއެވެ.

މއ ފާމުދޭރިގޭގައި ހުންނަ އެމްއައިބީގެ އޭޓީއެމް ސެންޓަރުން ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތްވެސް ލިބޭނެއެވެ.

ދާދި ފަހުން އެމްއައިބީއިން ވަނީ ވިލިމާލޭގައިވެސް ފައިސާނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ބަހައްޓަފައެވެ. ވިލިމާލޭގެ އިތުރުން ތިލަފުށި، މާލެ، ހުޅުމާލެ، އައްޑޫސިޓީ، ފުވައްމުލައްސިޓީ، ގދ ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ބ އޭދަފުށިންވެސް އެމައައިބީގެ ހިދުމަތް ލިބެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއައިބީގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލެއް، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ
23 Jun 2026 ހަބަރު

އެމްއައިބީގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލެއް، ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ ރުފިޔާ ކާޑަށް ދެމުން އައި ޑޮލަރު ލިމިޓަށް ބަދަލު ގެނެސް ބައެއް ވިޔަފާރި ސައިޓްތަކަށް ބޭނުންނުކުރެވޭނެ ގޮތް ހަދަން ނިންމައިފި އެވެ. އެމްއައިބީން މިރޭ އާންމު...

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ
06 May 2026 ހަބަރު

އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ

ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެމ...

ކަސްޓަމަރުންނަށްދޭ ހިދުމަތް ފަސޭހަކުރުމަށް, ޑިއެންއާރާ އެމްއައިބީން އެއްބަސްވުމެއް
14 Jan 2026 ހަބަރު

ކަސްޓަމަރުންނަށްދޭ ހިދުމަތް ފަސޭހަކުރުމަށް, ޑިއެންއާރާ އެމްއައިބީން އެއްބަސްވުމެއް

ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ. ދެފަރާތުގެ ދެމެދ...

މާލޭގައި އިތުރު ހަތަރު، ބަސް ސްޓޮޕް އިމާރާތްތަކެއް، އޭޓީއެމް ހުންނާނެ
18 Nov 2025 ހަބަރު

މާލޭގައި އިތުރު ހަތަރު، ބަސް ސްޓޮޕް އިމާރާތްތަކެއް، އޭޓީއެމް ހުންނާނެ

މާލޭގައި އޭޓީއެމްގެ ހިދުމަތް ލިބޭ ގޮތަށް ބަސް ސޮޓޮޕް އިމާރާތްތަކެއް ތަރައްގީ ކުރުމަށް، މާލެ ސީޓީ ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ...

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު، އެމްއައިބީއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ
28 Jul 2025 ހަބަރު

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނު، އެމްއައިބީއަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހިއްޖެ

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ ޢަބްދުﷲ މައުމޫނުގެ މައްޗަށް މޯލްޑިވްސް އިސްލާމިކް ބޭންކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ. ސިވިލްކޯޓުން މާނުގެ މައްޗަށް މި ހުކުމް ކ...

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް
06 May 2025 ހަބަރު

އީޒެޕުން ކުރާ މުއާމަލާތްތައް ވިސާއާ މާސްޓާ ކާޑުން ކުރެވޭ ގޮތަށް އެމްއައިބީއާއެކު އެއްބަސްވުމެއް

ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުޕަ އެޕެއް ކަމަށްވާ އީޒެޕުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާ ކާޑު މެދުވެރިކޮށް ކުރެވޭގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއ...