އުކުޅަހުގައި ކާރެއް ފަހަތައް ޖައްސަނިކޮށް ފަހަތުގައި ހުރި ކުއްްޖަކު ކާރު ދަށުވެއްޖެ!
އއ. އުކުޅަހުގައި ކާރެއް ފަހަތައް ޖައްސަން އުޅުމުގެ ތެރޭގައި، ކާރުގެ ފަހަތުގައި ހުރި ކުއްޖަކު ކާރު ދަށުވެ އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް ވިދާޅުވީ، އުކުޅަހުގައި ކާރެއް ފަހަތަށް ޖަހަނިކޮށް، ކާރުގެ ފަހަތުގައި ފާރެއް ކައިރީގައި ހުރި ކުއްޖަކު ކާރުގެ ދަށުވެފައިވާ ކަމަށެވެ.
އަދި އެކަމުގެ މައުލޫމާތު ފުުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:30 ކަން ހާއިރު ކަމަށްވެސް ވިދާޅުވި އެވެ.
މިހާދިސާއާއި އަނިޔާވެފައި ވަނީ، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށާ، އެކުއްޖާއަށް އުކުޅަށް ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު މާލެ ފޮނުވާލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް