ފަލަސްޠީނުގެ ހުޅަނގު އައްސޭރި. ފޮޓޯ:އަލްޖަޒީރާ
ފަލަސްޠީނުގެ ހުޅަނގު އައްސޭރި. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ 19 Nov 2023 | 07:31

އިޒްރާއިލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި 2 މީހަކު ޝަހީދުކޮށްލައިފި

އިޒްރާއިލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތަކުގައި ހުޅަނގު އައްސޭރިން ދެމީހަކު ޝަހީދުކޮށް ލައިފިއެވެ.

އަލްޖަޒީރާގައި ފަލަސްޠީނުގެ ވަފާ މީޑިއާއަށް ހަވާލާދީ ބުނެފައިވަނީ އިޒްރާއިލުން ހުޅަނގު އައްސޭރީގައި، ޢުމުރުން 46 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު ޝަހީދު ކޮށްލައިފައިވާކަމަށެވެ.
އިއްސާމް އަލްފައެދް ނަމަކަށް ކިޔާ އެމީހާ ޝަހީދު ކޮށްލައިފައިވަނީ ޖެނީން ރެފިޔުޖީ ކޭމްޕަށް ވަންނަ ދޮރު ކައިރިން އެމީހާގެ ގަޔަށް ބަޑި ޖަހައިގެނެވެ.

ޝަހީދު ކޮށްލައިފައިވާ ދެވަނަ މީހަކީ 20 އަހަރުގެ ޒުވާނެކެވެ. އޭނާ ޝަހީދު ކޮށްލައިފައިވަނީ ބައިތުއްލަހްމުގައި ހުންނަ ދެއިޝެޙް ރެފިޔުޖީ ކޭމްޕްގައެވެ. އެޒުވާނާވެސް ޝަހީދު ކޮށްލައިފައިވަނީ ބަޑިޖަހައިގެނެވެ.

ޣައްޒާގައި އޮކްޓޫބަރު  7ގައި އިޒްރައިލުން ދޭން ފެށި ހަމަލާތަކާއި އެކު ހުޅަނގުއައްސޭރީގައި އިޒްރާއިލުން ހިންގާ ޖަރިމާތައް ވަނީ ބޮޑު ތަނުން އިތުރުކޮށްފައެވެ.

އެގޮތުން 7 އޮކްޓޫބަރުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރިން 200 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި 48 ކުޑަކުއްޖަކުވެސް ހިމެނެއެވެ.

މީގެ އިތުރުން އެތައް ބަޔަކު ހައްޔަރުކޮށް ގެން ގެންގޮސްފައިވާއިރު، ހައްޔަރު ކުރާ މީހުންނަށް އިޒްރާއިލް ސިފައިން ދަނީ އަނިޔާ ކުރަމުން ކަމަށްވެސް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ހުޅަނގު އައްސޭރި އަށް އަރައި އިޒްރާއިލުން ދަނީ ޢުމްރާނީ ގޮތުންވެސް އެތަނަށް ބޮޑެތި ގެެއްލުން ތަކެއް ދެމުންނެވެ. ރޭވެސް ބަރުހަތިޔާރާއި އެކު ޖެނީން އަށް އަރައި ޖެނީންގެ މަގުތަކަށް ވަނީ ގެއްލުންދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...