ޗިޕް އުފައްދާ ކާރުޚާނާ ގުޖުރާތުގައި ގާއިމްކުރުމަށް ސޮއިކުރަނީ... ފޮޓޯ: ރޮއިޓާސް
ޗިޕް އުފައްދާ ކާރުޚާނާ ގުޖުރާތުގައި ގާއިމްކުރުމަށް ސޮއިކުރަނީ... ފޮޓޯ: ރޮއިޓާސް
ދުނިޔެ 19 May 2026 | 20:04

ޓެކްނޮލޮޖީގެ ބޮޑު ފިޔަވަޅެއް: އިންޑިއާގައި ޗިޕް އުފެއްދުމަށް ޓާޓާ އާއި ނެދަލޭންޑްސްގެ އޭ.އެސް.އެމް.އެލް ގުޅިއްޖެ


އިންޑިއާގެ ފުރަތަމަ ކޮމާރޝަލް ޗިޕް އުފައްދާ ކާރުޚާނާ ގުޖުރާތުގެ ދޮލޭރާގައި ގާއިމުކުރުމަށްޓަކައި، އިންޑިއާގެ ޓާޓާ އިލެކްޓްރޯނިކްސް އާއި ނެދަލޭންޑްސްގެ މަޝްހޫރު އޭ.އެސް.އެމް.އެލް ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނެދަލޭންޑްސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި އެގައުމަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ނެދަލޭންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެންގެ ހާޒިރުގައެވެ. މި އެއްބަސްވުމުގެ ދަށުން، ދުނިޔޭގައި ޗިޕް އުފެއްދުމަށް ބޭނުންކުރާ އެންމެ ކުރިއަރާފައިވާ ލިތޮގްރަފީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ފޯރުކޮށްދޭ އޭ.އެސް.އެމް.އެލް އިން ޓާޓާގެ 11 ބިލިއަން ޑޮލަރުގެ މި މަޝްރޫއަށް ބޭނުންވާ މުހިންމު ސާމާނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމާއެކު 300 މިލިމީޓަރުގެ ސެމީކޮންޑަކްޓާ ޗިޕްސް އުފެއްދުމަށް ޓާޓާ އިން ކުރާ މަސައްކަތް އިތުރަށް ހަލުވިވެ، އިންޑިއާގައި މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށާއި ދިރާސާކުރުމުގެ އޮނިގަނޑު ވަރުގަދަކުރުމަށް މަގުފަހިވާނެއެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ޗިޕްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އޮޓޯމޮބައިލް ސިނާއަތްތަކާއި، މޮބައިލް ފޯނުތަކާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގައެވެ. މިއީ ދުނިޔޭގެ ސެމީކޮންޑަކްޓާ ސަޕްލައި ޗެއިންގައި އިންޑިއާގެ ދައުރު ބޮޑުކޮށް، އަމިއްލަ ގައުމުގައި ޗިޕްސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި
21 Nov 2026 ދުނިޔެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ
17 Nov 2026 ދުނިޔެ

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ.

ނެދަލޭންޑްސް އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް
17 Nov 2026 ކުޅިވަރު

ނެދަލޭންޑްސް އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް

ބާލިންގައި ކުޅުނު މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 5-0 ގެ ބޮޑު ނަތީޖާއަކުންނެވެ. މިއީ އެޓީމުގެ އާ ކޯޗު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ފުޓްބޯޅައަށް އަންނަމުންދާ އުންމީދީ ބަދަލުތައް ހާމަވެގެންދިޔަ މުހިންމު މޮޅެކެވެ.

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި
17 Nov 2026 ދުނިޔެ

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެކެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް
16 Nov 2026 ދުނިޔެ

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.