އެމެރިކާގެ ނިއުޔޯކް ސިޓީ މޭޔަރ މަމްދާނީ ބައިސްކަލު ދުއްވާ މަންޒަރު؛ ފޮޓޯ / ޓައިމް
އެމެރިކާގެ ނިއުޔޯކް ސިޓީ މޭޔަރ މަމްދާނީ ބައިސްކަލު ދުއްވާ މަންޒަރު؛ ފޮޓޯ / ޓައިމް
ލައިފްސްޓައިލް 26 Sep 2026 | 06:16

ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް

ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. އެއީ ދެން ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދިއުމަށްވެސް ބައިސްކަލް ބޭނުންކުރެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ.

ބައިސްކަލު ދުއްވުން އާންމު ބައެއް ޤައުމުތައް

ނެދަލެންޑްސް އާއި ޑެންމާކް ފާހަގަކުރެވެނީ ބައިސްކަލު ދުއްވާ މީހުން އެންމެ ގިނަ ޤައުމުތަކުގެ ގޮތުގައެވެ. މީގެ ތެރެއިން ޑެންމާކަކީ އެންމެގިނައިން މީހުން ބައިސްކަލް ދުއްވާ އެއް ޤައުމެވެ. އެޤައުމުގެ އެންމ ެބޮޑު ސިޓީ، ކޯޕަންހޭގަންގައި ދިރިއުޅެމުންދާ 60 އިންސައްތަ މީހުން އެކި ބޭނުންތަކަށް ދަތުރުކުރުމުގައި ބައިސްކަލް ބޭނުންކުރެއެވެ. ޝާހީ ބޭފުޅުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބޮޑެތި ވިޔަފާރިވެރިން މިކަމުގައި އުޅެނީ އެންމެ ކުރީގައެވެ. ޑެންމާކްގެ އިންފްރާސްޓަކްޗަތައްވެސް ގާއިމްކުރުމުގައި ބައިސްކަލް ދުއްވާ މީހުންނަށް އިސްކަންދީފައި ވެއެވެ. ބައިސްކަލް ދުއްވާ މީހުންނަށް ހާއްސަ ބްރިޖްތަކާއި ޓްރެފިކް ލައިޓްތައް ވަނީ ގާއިމްކޮށްފައެވެ.

ނެދަލެންޑަކީވެސް ހަމަ އެބީދައިން ބައިސްކަލް ދުއްވާމީހުންނަށް އިސްކަންދޭ ޤައުމެކެވެ. ނެދަލެންޑްސް އާއި ޑެންމާކްގައި ބައިސްކަލު ދުއްވުމަކީ ކުޑައިރުން ފެށިގެން ދިރިއުޅުމުގެ ބައެކެވެ. ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް އެލެގްޒެންޑާ އާއި ރާނީ މެކްސީމާ ވެސް ބައިސްކަލު ދުއްވައެވެ. މި ޤައުމުތަކުގައި ބައިސްކަލު ދުއްވުމަކީ ހައިބަތު ކުޑަ ކަމެއް ނޫނެވެ. އެއީ ބުއްދިވެރި ޒިންމާދާރު ޚިޔާރެކެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް ބައިސްކަލު ދުއްވަނީ؛ ފޮޓޯ / ޓެލެގްރާފް

ހަށިގަނޑަށް ލިބޭ ފައިދާ

ބައިސްކަލު ދުއްވުމުން ހަށިގަނޑަށް ލިބޭ ފައިދާ ވަރަށް ބޮޑެވެ. ފިންލެންޑުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 30 މިނެޓަށްވުރެ ގިނައިރު ބައިސްކަލު ދުއްވި މީހުންނަށް ހަކުރު ބައްޔާ ކުރިމަތިވުމުގެ ނުރައްކާ 40 އިންސައްތަ ކުޑަވެއެވެ. ބައިސްކަލުގައި އޮފީހަށް ދިއުމަކީ ކެންސަރު ޖެހުމުގެ ނުރައްކާ 45 އިންސައްތަ އަދި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 46 އިންސައްތަ ދަށްކޮށްދޭ ކަމެއް ކަމަށް ސައިކްލިން ޔޫކޭ ރިޕޯޓުކޮށްފައިވެއެވެ. ބައިސްކަލު ދުއްވުމުން ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ވެސް ރަނގަޅުވެއެވެ. ސްޓްރެސް، ހާސްވުން އަދި ޑިޕްރެޝަން ފަދަ ކަންކަން ކުޑަކޮށްދެއެވެ. ހަފުތާއަކު ދެ ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދު ބައިސްކަލު ދުއްވައިލުމުން ވެސް ޞިއްޙަތަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބެއެވެ.

ބައިސްކަލު ދުއްވުމުން ހަށިގަނޑަށް ލިބޭ ފައިދާ؛ ފޮޓޯ / ޔޫސީއެލްއޭ ޓްރާންސްޕޮޓޭޝަން

ބައިސްކަލު ދުއްވުމުގެ ޚަރަދު

ބައިސްލަކް ދުއްވުމުން ޖީބަށް ވެސް ލުއިވެއެވެ. ބައިސްކަލުގައި ތެލެއް ނާޅާނެއެވެ. ޕާކިން ފީއެއް ދައްކާކަށެއް ނުޖެހެއެވެ. މަރާމާތަށް ހިނގާ ޚަރަދު ވެސް ވަރަށް ކުޑައެވެ. ބައިސްކަލެއް ގެންގުޅުމުގެ ޚަރަދު ކާރެއް ގެންގުޅުމާ އަޅައިބަލާއިރު ވަރަށް ބޮޑުތަނުން ކުޑައެވެ. އެމެރިކާގައި ކާރެއް ގެންގުޅެން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 12,000 ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ހިނގައެވެ. ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ޤައުމެއްގައި ކައިރި ތަންތަނަށް ދާން ބައިސްކަލެއް ބޭނުންކުރުމުން ސައިކަލަށް ތެޔޮ އެޅުމާއި މަރާމާތުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވެއެވެ.

ކާރެއްގެ ޑޭޝްބޯޑު؛ ފޮޓޯ / އައިރިޝް އެގްޒަމިނާރ

ވެއްޓަށް ކުރާ ހެޔޮ އަސަރު

ތިމާ ވަށައިެގންވާ ވެއްޓަށް ބެލިނަމަވެސް ބައިސްކަލަކީ އެންމެ ރައްކާތެރި ދަތުރުފަތުރުގެ ވަސީލަތެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އެއް ފަހަރު ކާރު ދޫކޮށް ބައިސްކަލު ނެގުމުން ދަތުރުފަތުރާ ގުޅޭ ކާބަން އެމިޝަން 67 އިންސައްތަ މަދުކުރެވެއެވެ. ބައެއް ދިރާސާތައް ބުނާ ގޮތުގައި ސިޓީތައް ނެޓް ޒީރޯ ލަނޑުދަނޑިއަށް ވާޞިލުވުމުގައި ބައިސްކަލު ދުއްވުން ކަރަންޓް ކާރަށްވުރެ 10 ގުނަ ބޮޑު ދައުރެއް އަދާކުރެއެވެ. ރާއްޖެ ފަދަ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ބޮޑު ޤައުމަކަށް މިއީ ވިސްނައިލަންޖެހޭ ކަމެކެވެ.

ބައިސްކަލު ދުއްވާ މަންޒަރު؛ ފޮޓޯ / ކުއީންސްލޭންޑް ސަރުކާރު

ލަދު އަދި ޙަޤީޤަތް

ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބައިސްކަލާ ގުޅިފައި އޮންނަ "ފަޤީރުންގެ ވެހިކަލް" ގެ ލޭބަލް ވެފައި އޮންނަނީ ބައިސްކަލު ބޭނުންކުރުން ފުޅާކުރުމަށް އޮތް ހުރަހަކަށެވެ. ނަމަވެސް ޕާކިސްތާނުގެ ޔުނިވާސިޓީއެއްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ލޭބަލް އޮތެއް ކަމަކު، އެކަމުގެ ސަބަބުން މީހުން ބައިސްކަލު ދުއްވަން ބޭނުންވާ މިންވަރު ދަށެއް ނުވެއެވެ. ލަދުގެ އިޙުސާސް ގިނަ ފަހަރަށް ގުޅިފައި ވަނީ ޙަޤީޤީ ތަޖުރިބާއަށް ވުރެ ބޮޑަށް ވަށައިގެންވާ މީހުންގެ ނުބައި ވިސްނުމާއެވެ.

ވިސްނައިލާށެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ބޮޑުވަޒީރުންނާއި ރަސްރަސްކަލުން ބައިސްކަލު ދުއްވައެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުން ބައިސްކަލު ދުއްވައެވެ. ބައިސްކަލު ދުއްވުމަކީ ފަޤީރުކަމުގެ ޢަލާމާތެއް ނޫނެވެ. އެއީ ބުއްދިވެރިކަމާއި ޞިއްޙީ ހޭލުންތެރިކަމާއި ވެށްޓަށް ކުރާ އިޙުތިރާމުގެ ނިޝާނެކެވެ. ތިބާ ބައިސްކަލެއް ދުއްވާ ތަން ފެނުމުން ލަދުގަންނަންވީ ތިބާއެއް ނޫނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް
30 Oct 2026 ލައިފްސްޓައިލް

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް

އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް
28 Oct 2026 ލައިފްސްޓައިލް

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް

މިހާރުން މިހާރަށްވެސް ކުރަންވީ ކަމަކީ އިށީނދެ އިންނައިރު ފައި ތަޅުވައި، އިނގިލިތައް ތެޅުވުން ފަދަ ކަންކަން ކުރުމެވެ. މީހަކަށް ގުޅައިގެންވެސް ދެކޮޅަށް ދެކޮޅަށް ހިނގާލާހިނގާލާ ހުރުމެވެ. މިފަދައިން އުޅެން ފެށުމުން ބައެއް މީހުންނަށް ކޮންމެވެސް ގޮތަކަށް ހީވެދާނެއެވެ. ނަމަވެސް، އެކަމުން އެމީހެއްގެ ސިއްހަތަށް ފައިދާ ކުރާނެއެވެ.

އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ
20 Oct 2026 ލައިފްސްޓައިލް

އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ

ރަޙްމަތްތެރިންނާ ނުވަތަ ގޭބިސީއާ އެކު ކެއުމުން ޑިޕްރެޝަނާއި ޑިމެންޝިއާގެ ފުރުޞަތު ކުޑަވެ، ކާއެއްޗަކުން ލިބޭ މީރުކަން އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...