ކީރިތި ޤުރުއާން
ކީރިތި ޤުރުއާން
ދީން 01 Aug 2025 | 08:49

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް: ޚުތުބާ

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

“ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މާތްކަން” މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތްތަކެއްގައި އިއްވި ޚުތުބާގައި ބުނެފައި ވަނީ ކީރިތި ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލުއައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅު ކަމަށާ އެ ޤުރްއާން ރައްކާތެރިކުރައްވާނެ ގޮތް މާތްﷲގެ ވަނީ މެދުވެރިކުރައްވައިފައި ކަމަށެވެ.

ކީރިތި ޤުރްއާން ކިޔަވައި އެއަށް ޢަމަލުކުރުމުގައި ކީރިތި ޤުރްއާން ހިތުދަސްކުރުން މުހިންމުކަން އަންގަވައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވާ ބަސްފުޅުތައް ވެސް ހުތުބާގައި ވަނީ ތަފްސީލާއެކު ގެނެސް ދެއްވާފަ އެވެ.

"ހަމަކަށަވަރުން، އެ މީހެއްގެ ހިތުގައި ކީރިތިޤުރްއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލެވެ.”

ޤުރްއާން ހިތު ދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވައި، އަދި ގިނަގިނައިން އަޑު އަހައިގެންކަން ފާހަގަކޮށް ހުތުބާގައި ބުނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމުގެސަބަބުން ﷲ سبحانه وتعالىގެ ޙަޟުރަތުން ލިބޭނޭ މަތިވެރި ދަރަޖަ ކަމަށެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައި ވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެއްކަން އަންގަވައި ކީރިތި ރަސޫލާގެ އަރިހުން ރިވާވެގެންވާ ކަމަށެވެ. އަދި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށާ އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވި ކަމަށެވެ.

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚުލާޞްތެރިކަމާއި އުޚުރަވީ ޙަޔާތުގައި ﷲގެ ޙަޟުރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހޭ ކަމަށާ ޤުރްއާން ދަސްކުރުމަށް ފަހު ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ޤަވާޢިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
27 Oct 2026 ހަބަރު

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި
17 Oct 2026 ހަބަރު

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ މުވައްޒަފުންގެ މުސާރަ ނުހިމަނައި، މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި ތަސައްވުރުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފްގެ 8 މަޝްރޫއެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ
12 Oct 2026 ހަބަރު

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކ...

ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
09 Oct 2026 ހަބަރު

ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ

ވިލިމާލޭގައި 'މަސްޖިދުއްސަލާމް' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ. މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލ...