ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީ އަށް ކިޔާނެ ނަމެއް ހޯދަނީ
ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީ އަށް ކިޔާނެ ނަމެއް ހޯދަން ނަން ހުށައެޅުމަށް ހުޅުވާލައިފިއެވެ.
ފިކުރެއްގެ ދިރުމުން ހުޅުވާލައިފައިވަނީ ޕާޓީ އަށް ކިޔާނެ ނަމަކާއި، ނަމުގެ ތަފްސީލް، ކުލަ އަދި ލޯގޯ ހުށައެޅުމަށެވެ.
ފިކުރެއްގެ ދިރުމުން ހުޅުވާލައިފައިވާ މިފުރުސަތުގެ ސުންގަޑިއަކީ މާދަމާގެ ހެނދުނު 6:00 އެވެ.
ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ފަހަު ރައީސް ނަޝީދަށް އިންތިހާބު ކާމިޔާބު ނުވުމުން، އެހާހިސާބުން އުފެދުނު ފެކްޝަނެކެވެ. އެފެކްޝަން އުފެދުނު ހިސާބުން ޕާޓީގެ ތެރޭގައި ވަރަށްބޮޑަށް ދެބަސްވުން އުފެދިގެން ގޮސްފައިވެއެވެ.
މިހާރުވަނީ ފިކުރެއްގެ ދިރުމަށް ތާއީދު ކުރި ގިނަ ބަޔަކު އެމްޑީޕީ އިން ވަކިވެފައެވެ. ފިކުރެއްގެ ދިރުމުގެ ބޭފުޅުންގެ ތެރެއިން ލީޑަރ ޝިޕްގައި ހިމެނިވަޑައިގަންނަވާ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމްޑީޕީގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް