އެކި ދާއިރާތަކުން 300 އަށް ވުރެ ގިނަ މީހުން ޖޭޕީއާއި ގުޅިއްޖެ
ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ މީހުން ޖުމްޙޫރީ ޕާޓީއާއި ގުޅި ފޯމުތައް ހަވާލުކޮށްފި އެވެ.
އެކި ދާއިރާތަކުން ޖޭޕީއާއި ގުޅިފައިވާ މެމްބަރުންގެ ފޯމުތައް ވަނީ، ދާއިރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ހަވާލުކޮށްފަ އެވެ.
އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލުތައް ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ އެކި ދާއިރާތަކުން އެކު ޖުމްލަ 365 ފޯމު ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަތްޕުޅަށް އަރުވާލާފައިވާ ކަމަށެވެ.
އެއީ ގއ ވިލިގިލި ދާއިރާއިން 150 ފޯމަކާއި، ލ.ގަމު ދާއިރާއިން 65 ފޯމާއި، މަޑުއްވަރި ދާއިރާއިން 50 ފޯމުގެ އިތުރުން އަލިފުށި ދާއިރާއިން 50 ފޯމެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރިމަތިލާނެކަން އިއުލާނުކޮށްފައި ވާއިރު، ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން ޕާޓީގެ މެމްބަރުން އިތުރުކުރުމާއި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތަކެއް ވެސް ދަނީ ކުރެވެމުންނެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ފިރޮޅެމުންދާ ގޮތުން އަންނަ ރިޔާސީ އިންތިޚާބަކީ ޖުމްހޫރީ ޕާޓީއަށް ފުރުސަތު ބޮޑު އިންތިޚާބެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަޝިޕުން ދަނީ ސިފަކުރައްވަމުން ނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް