ރައީސް ޞާލިހް ގެ ކެންޕެއިން ޖަލްސާއެއްގެ ތެރެއިން--ފޮޓޯ/ އެމްޑީޕީީ
ރައީސް ޞާލިހް ގެ ކެންޕެއިން ޖަލްސާއެއްގެ ތެރެއިން--ފޮޓޯ/ އެމްޑީޕީީ
ރިޕޯޓް 20 Sep 2023 | 08:53

ފުރަތަމަ ބުރުގެ ނަތީޖާއާއެކު ރައީސް ޞާލިހުގެ ކެންޕެއިންގެ ތެރެއިން ސިޔާމް "ގެއްލިއްޖެ"!

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އެންމެ އަރިހުގައި ކެންޕެއިން ކުރެއްވި، އެމްޑީއޭގެ ރައީސް، އަހުމަދު ސިޔާމް (ސަން ސިޔާމް)، ފުރަތަަމަ ބުރުގެ ނަތީޖާއާއެކު "ގެއްލިއްޖެ" އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ސިޔާމް ގެ ޕާޓީން އެންމެ ފުރަތަަމަ ނިންމެވީ ވަކިން ވާދަ ކުރައްވާށެވެ. އެގޮތުން، އެމްޑީއޭގެ ކެންޑިޑޭޓް ގެ ގޮތުގައި ސިޔާމް ނެރުމަށް ނިންމައި ކެންޕެއިންވެސް ކުރިއަށް ގެންދެވިއެވެ. ނަމަވެސް އެފަހުން ރައީސް ޞާލިހާއި، ޕީޕީއެމް/ ޕީއެންސީގެ ފަރާތުންވެސް އެ ޕާޓީއަށް ކޯލިޝަންގެ ދައުވަތުއައެވެ. އޭގެ ތެރެއިން ރައީސް ޞާލިހުގެ ފަޅި އިޚްތިޔާރު ކޮށް، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމުގެ ވިސްނުން އެމްޑީއޭ ދޫކޮށްލިއެވެ.

އެއަށްފަހު، ރައީސް ޞާލިހުގެ ކެންޕެއިންގެ ތެރޭގައި ވަރަށް ޢަމަލީ ގޮތުން އެމްޑީއޭގެ ހުރިހާ އިސް ބޭފުޅުންވެސް ހަރަކާތްތެރިވާން ފެށްޓެވިއެވެ. ޚާއްސަކޮށް ސިޔާމް، ރައީސް ޞާލިހު ގެ ކެންޕެއިންގެ ގިނަ ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ދަތުރު ތަކުގެ ތެރޭގައި ބޭއްވުނު ބައްދަލުވުންތަކުގައި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތާއީދުކޮށް ތައުރީފް ކުރައްވައި ވާހަކަވެސް ދެއްކެވިއެވެ. އެގޮތުން، ރައީސް ޞާލިހު ކޮވިޑް މެނޭޖު ކުރެއްވި ގޮތާއި، އެމަނިކުފާނުގެ އިގްތިޞާދީ ސިޔާސަތު ތަކަށް ސިޔާމް ދިޔައީ ތައުރީފް އޮއްސަމުންނެވެ.

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު -- ފޮޓޯ/ އެމްޑީޕީ

"އަޅުގަނޑުމެން (ކޮވިޑް ތެރޭގައި) ފިތިގެން ދިޔަ ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފިތިގެން ދިޔައީ. ފިތިގެން ދިޔަ ވަގުތު އެމަނިކުފާނުގެ ގައިން އައީ ކޯއްޗެއްތޯ؟ މާމުއި!. މީހުންނަށް ދެއްކޭނެ. އަދި އުފާވާނެ. ކަރަށް ރަހަލާނެ. ރީތި މާމުއި. އަޅުގަނޑު ދޮގު ހަދައިގެން ވާހަކަ ދައްކާކަށް ނުޖެހޭނެ. މިއީ ހަގީގީ ވާހަކަ. ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ." ޏ. ފުވައްމުލަކުގައި ބޭއްވި ކެންޕެއިން ޖަލްސާގައި ރައީސް ޞާލިހް ކޮވިޑް މެނޭޖް ކުރެއްވި ގޮތަށް ތައުރީފް ކުރައްވައި ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު -- ފޮޓޯ/ އެމްޑީޕީ

އޭގެ ފަހުންވެސް މަކުނުދޫގައި ބޭއްވުނު ޖަލްސާއެއްގައި ސިޔާމް ވަނީ، ކުރިއަށް އޮތް ފަސް އަހަރު ވަންދެން ހުންނަވާނީ ރައީސް ޞާލިހު ގެ އަރިހުގައި ކަމަށާ، އެމަނިކުފާނަށް ބޭވަފާތެރި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާޙީމް މުހައްމަދު ޞާލިހު ގެ އަރިހުގައި. އަޅުގަނޑެއް ގައިމުވެސް، އިބްރާޙީމް މުހައްމަދު ޞާލިހު ދޫކޮށްލާފަކާ، އަޅުގަނޑެއް މި ފަސް އަހަރަކު އިރާދަކުރެއްވިޔަކާ ނުދާނަން.

އަހުމަދު ސިޔާމް
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު -- ފޮޓޯ/ އެމްޑީޕީ

މިފަދަ ގޮތަކަށް، އެމްޑީޕީ އާއެކީގައި ފޯރީގައި ކެންޕެއިން ނިންމާލައި، ފުރަތަމަ ބުރުގެ ވޯޓުލައި ނަތީޖާ އިއުލާން ކުރެވުނުއިރު، އެ ނަތީޖާ އޮތީ އެމްޑީޕީ އާއި ކޯލިޝަންގެ ބައިވެރިން ކަމަށްވާ އެމްޑީއޭ އާއި އަދާލަތުންވެސް ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ.

ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް 40 އިންސައްތަ ވޯޓުވެސް ނުލިބުނެވެ. އަދި އެމަނިކުފާނަށް 39 އިންސައްތަ ލިބިލެއްވިއިރު، އިދިކޮޅުު ކެންޑިޑޭޓް މުހައްމަދު މުޢިއްޒަށް 46 އިންސައްތަ ވަނީ ލިބިލައްވާފައެވެ. ދެބޭފުޅުންގެ މެދުގައި 15,000 އަށްވުރެ ގިނަ ވޯޓުގެ ތަފާތު އޮތެވެ.

އެމްޑީޕީގެ ކެންޕެއިން ޖަލާސާގައި ސިޔާމް, ރައީސް ޞާލިހު އަރިހުގައި--

އެ ނަތީޖާއާއެކު އެމްޑީއޭގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕުތެރޭގައި، ރައީސް ޞާލިހަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމުގެ ވާހަކަތައް ދެކެވެންފެށިއެވެ.

އެގޮތުން އެމްޑީއޭގެ ޤައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބަކީ، އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކެމްޕެއިނަށް ނިކުމެވަޑައިގެންނެވި ނަމަވެސް ބަދަލުކުރެވިދާނެ ނަތީޖާއެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ދެން އިތުރަކަށް މާގިނަ ވޯޓު ހޯދިދާނެކަމަކަށް ނުބެލެވޭ. އިބޫ ނޫން ގޮތެއްގެ ރޫހު ވަރަށް ގަދަކަމަށް ފެންނަނީ،" ވަޓްސްއަޕް މެސެޖުގައި އެމްޑީއޭގެ ޤައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވިއެވެ.

"ނައިބުރައީސް އަލީ މައުރޫވެސް އަދި އެސްޖީ ސާހުވެސް، އަދި ޤައުމީ ކައުންސިލުގެ 15 ވަރަކަށް މެންބަރުންވެސް ރޭގެ 12 ޖެހުމާ ހަމައަށްވެސް ވިދާޅުވެފައިވަނީ އެމްޑީއާއެކު މިއިންތިޚާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއެއް ނެތްކަމަށް. ބޮޑުތަނުން ބަލިވާނެ ކަމަށް."

އެމްޑީއޭ ކައުންސިލް މެންބަރެއް

"އެމްޑީޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ކުޑަ ކުޑަވެސް އުންމީދެއް ނެތުމުން، އުންމީދު ނެތް ކަމެއްކޮށް އިތުރަށް ލަދެއްގައި ބެދެން ބޭނުންނުވާތީ އަޅުގަނޑު ސިޔާސީ ގޮތުން ސައިލެންޓުވާން ނިންމައިފިން،" އެމްޑީއޭގެ ޤައުމީ މަޖިލީހުގެ އިސް މެންބަރަކު ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ލިޔުއްވިއެވެ.

އެއާއެކު އެމްޑީއޭ ރައީސް ޞާލިހާއި ވަކިވީ ވާހަކަ ދެކެވެން ފެށިއެވެ. ނަމަވެސް އެވާހަކަތަކަށް ރައްދު ދެއްވައި، މިމަހު 16 ވަނަ ދުވަހު ސޯސަން ޖަގަހައިގައި އާއްމުންނާއެކު ބޭއްވުނު ބައްދަލުވުމައި އެމްޑީއޭގެ ނައިބް ރައީސް އަލީ މައުރޫފު ވަނީ އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން ކަމަށާއި ރާޒުވާ ކުޅިބައި އަތުރާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަގުތުކޮޅެއް އެރުވީކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި މަޑުޖެހިލީ ހާސްވެގެންނެއް ނޫން އެނގޭތޯ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކީ ރާޒުވާ ކުޅެން ވަރަށް މޮޅު ބޭފުޅެއް. އެހެންވީމާ އެމަނިކުފާނަށް ރާޒުވާ ކުޅިބައި އަތުރާލަން އަޅުގަނޑުމެން މި ވަގުތު ކޮޅެއް ދިނީ. މިހާރު އެމަނިކުފާނު އެ ނުކުންނަވަނީ، ކޯލިޝަންއާއި އެކީގައި ނުކުންނަވަނީ އިރާދަކުރެއްވިޔާ ދެވަނަބުރު ބޮޑުތަނުން ކާމިޔާބު ކުރަން."

އަލީ މައުރޫފު

މައުރޫފު މިހެން ވިދާޅުވި ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު، އެ ޖަލްސާގައި ފިޔަވައި އެހެން އެއްވެސް ޖަލްސާއެއްގައި އެމްޑީއޭގެ ބޭފުޅެއް ވާހަކަ ދައްކަވާފައެއްވެސް ނުވެއެވެ.

އަދި ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު، ބޭއްވުނު އެމްޑީޕީގެ އެންމެ ކެންޕެއިން ޖަލްސާއަކުވެސް ސިޔާމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މި ކަމާއި ގުޅިގެން އެމްޑީއޭގެ ގައުމީ މަޖިލިސް ގުރޫޕްގައިވެސް ސިޔާމް ހުންނަވަނީ ހަނު ކަމުގައި މައުލޫމާތު ލިބެއެވެ. އަދި މީޑިއާ އަކަށްވެސް އެއްވެސް ވާހަކައެއް ހިއްސާކުރައްވާފައި ނުވާއިރު، ސިޔާމް ރައީސް ޞާލިހު ގެ ކެންޕެއިން ބައްދަލުވުންތަކުން ނުފެނުމަކީ އޭނާގެ ތާއީދު ރައީސް ޞާލިހަށް މިހާރު ނެތް ކަމުގެ ހެއްކެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު
01 Nov 2026 ހަބަރު

”ޒަޔަނިސްޓުން ގައުމު ހިފަނީ“ ކަމަށްބުނެ އަސާސެއްނެތް ވާހަކަދެއްކުމަކީ އެމްޑީޕީގެ އިތުބާރުގެއްލޭނެ ކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ފިކުރާއި އަސާސްތަކާ ޚިލާފަށް، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ
25 Oct 2026 ހަބަރު

މަޖިލީސް ރައީސްއާއި ވަޒީރުންގެ މުސާރަބޮޑުކުރަން ނިންމި ނިންމުމުގައި ބައިވެރިއެއް ނުވަން؛ ދައުލަތުގެ ޚަރަދަށް 40 މިލިއަން ރުފިޔާ އިތުވާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުން، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު
22 Oct 2026 ހަބަރު

އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު

ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.