ކުޑަގިރި ވޯޓަރ ސްލައިޑަކުން ވެއްޓި ޒުވާނަކު ނިޔާވެއްޖެ
މާލެ ސަރަހައްދު ރައްޔިތުން ދަތުރު ދިއުމަށް ހަދައިފައިވާ ކުޑަގިރިއަށް ދަތުރު ގޮސް ވޯޓަ ސްލައިޑުން ބޯކޮޅު ވަތަށް ވެއްޓި، ހާލު ސީރިއަސްވި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.
މިދިޔަ ހަފުތާ ބަންދުގައި އިތުރު ދަތުރު ގޮސް އުޅެނިކޮށް އަނިޔާވެ ހާލު ސީރިޔަސްވެފައިވަނީ މާލެއަށް އުފަން އުމަރު އަބްދުލްހަންނާނު، 34، އަށެވެ.
މި ހާދިސާ ހިނގައިފައިވަނީ ކުޅެން އުޅުމުގެ ތެރޭގައި އުމަރު ވޯޓަ ސްލައިޑަށް ބޯކޮޅު ތިރިއަށް ލައިގެން އަރައި ޖައްސާލުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތް މީހަކު މައުލޫމާތު ދެއެވެ. ސްލައިޑް ކުރިތަނާ ބޯ ޖެހުނީ މޫދުގެ ތިލަ ހިސާބެއްގައި ކަމަށް އޭނާ ބުންޏެވެ.
އުމަރަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ އައިޖީއެމްއެޗަށް ގެންގޮސް އެ ތަނުގައި އޮޕަރޭޝަނެއް ވެސް ކުރި އެވެ. އޭގެ ފަހުން، ހާލަތު ގޯސްވާން ފެށުމުން އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. ސިކުނޑި މަރުވެފައިވާކަން އެނގުނީ އެ ތަނަށް ގެންދިޔަ ފަހުންނެވެ.
އުމަރުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވާ އިޝާ ނަމާދަށް ފަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް