އިންޑިޔާގެ ހޮސްޕިޓަލެއްގެ ތެރޭގައި. ފޮޓޯ: ހިންދުސްތާން ޓައިމްސް
އިންޑިޔާގެ ހޮސްޕިޓަލެއްގެ ތެރޭގައި. ފޮޓޯ: ހިންދުސްތާން ޓައިމްސް
ދުނިޔެ 21 Dec 2023 | 16:32

އިންޑިޔާގައި ކޮވިޑްގެ 23 މަރު، އައުވޭރިއަންޓެއް ހަލުވިކަމާއެކު ފެތުރެނީ!

އަވަށްޓެރި އިންޑިޔާގައި ކޮވިޑްގެ އައު ވޭރިއެންޓެއް ފެތުރި 23 މީހަކު މަރުވެއްޖެއެވެ.

އިންޑިޔާގެ ސިއްޙަތާއި ބެހޭ ވުޒާރާގެ އެންމެ މަތީ ފަރާތްތަކުން ވަނީ ކުރިއަށް އޮތް ފިނި މޫސުމުގައި އިންޑިޔާގައި ފެތުރެމުން އަންނަ ޖީއެން.ވަން ކޮވިޑް 19 ވޭރިއަންޓް ހަލުވިކަމާ އެކު ފެތުރޭނެ ކަމަށް ލަފާކޮށްފައެވެ.

މިފާއިތުވި 24 ގަޑިއިރުތެރޭގައި އިންޑިޔާގެ 358 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިންޑިޔާ ޓުޑޭގައި އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ ހަލުވިކަމާ އެކު އައު ވޭރިއަންޓް ފެތުރެމުންދިޔަ ނަމަވެސް އެކަން ހުއްޓުވުމަށް ސަރުކާރުގެ އެއްވެސް އިންތިޒާމެއް ނެތް ކަމަށެވެ.

އެގޮތުން މާސްކު އެޅުމާއި ދަތުރުފަތުރު ކުރުން މަނާކުރުމާއި، ވެކްސިންގެ އިތުރު ޑޯޒްއެއް ޖެހުން މަޖުބޫރުކުރުމަށް އެ ޤައުމުގެ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެފައިވެއެވެ.

އިންޑިޔާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑްގެ މި އައު ވޭރިއަންޓް ފުރަތަމަ ފެނިފައިވަނީ ކެރެލާއިންނެވެ.

އަދި މިހާރު މި ވޭރިއަންޓް އިންޑިޔާގެ ޓަމިލްނާޑޫ އާއި ކަރްނާޓަކާ، ކެރެލާ، މަހާރާސްތްރަ އަދި ގުޖްރާތުގައި ވެސް ދަނީ ފެތުރެމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި
21 Nov 2026 ދުނިޔެ

ވިހަ ބަންގުރާ ބޮއެގެން އިންޑިއާގައި 11 މީހުން މަރުވެ، ގިނަ ބަޔަކު އެޑްމިޓްކޮށްފި

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ސިއްހަތަށް ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަންގުރާ ބޮއެގެން 11 މީހުން މަރުވެ، 180 އަށްވުރެ ގިނަ މީހުން ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ
17 Nov 2026 ދުނިޔެ

ޑިމާންޑް ބޮޑުވެ، އިންޑިއާއިން އިތުރު ހާހެއްހާ މަތިންދާބޯޓަށް އޯޑަރުކުރަނީ

މިސްރަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގޯޔާލް ވިދާޅުވީ އިންޑިއާއިން މިހާރުވެސް 1200 މަތިންދާބޯޓަށް އޯޑަރު ދީފައިވާކަމަށާއި، އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް 2 ހާހެއްހާ މަތިންދާބޯޓު އިތުރަށް ބޭނުންވާކަމަށެވެ.

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި
17 Nov 2026 ދުނިޔެ

ރަހިމުގައި އޮތް ކުއްޖެއްގެ މައިބަދައިގެ އޮޕަރޭޝަނެއް އިންޑިއާގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފި

މަންމަގެ ބަނޑުގައިވާ ދަރިފުޅު އުފަންވުމުގެ ކުރިން، ފުރާނައަށް ނުރައްކާވާ ފަދަ ނުވަތަ މުޅި އުމުރަށް ނުކުޅެދުންތެރިކަން މެދުވެރިވެދާނެ އުފެދުމުގެ އައިބުތައް ރަނގަޅުކުރުމަށް ސާޖަރީ ހެދުމަކީ މީގެ ކުރިން ސައިންސް ފިކްޝަން ފިލްމުތަކުން އެކަނި ފެންނަ މަންޒަރެކެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން މިއަދު މިވަނީ އެކަން ހަގީގަތަކަށް ވެފައެވެ.

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް
16 Nov 2026 ދުނިޔެ

އާސިއާން ސަމިޓަށް މޯދީ ފިލިޕީންސްއަށް

އާސިއާން-އިންޑިއާ ބައްދަލުވުން އޮންނާނީ މިއަދު ފެށުނު 49 ވަނަ އާސިއާން ސަމިޓްގެ ހަވާސާގައެވެ.

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް
15 Nov 2026 ދުނިޔެ

އިންޑިއާއިން ވިސާގެ އުސޫލުތައް ފަސޭހަކޮށް، ފޯމު ފުރުމަށް ބޮޑެތި ލުއިތަކެއް

އިންޑިއާއަށް ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ވިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށް، ވިސާގެ ބާވަތްތަކާއި ފޯމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.