އުއްޗުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވަނީ
އުއްޗުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވަނީ
ހަބަރު 22 May 2023 | 06:07

އުއްޗުގެ ފަރާތުން ހޯރަފުށީ ސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީ!

ޗަންޕާ ބްރަދާސްގެ ޗެއަރމަން މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ހޯރަފުށީ އިންޓަރނޭޝަނަލް ސްކޫލަށް 1.17 މިލިއަން ރުފިޔާގެ އެހީ ދެއްވައިފިއެވެ.

ހޯރަފުށީ ކައުންސިލްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެހީ އުއްޗުގެ ފަރާތުން ހަދިޔާކޮށްދެއްވާފައިވަނީ އުއްޗުގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާއެވެ. އަދި އެހީއާއި ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މަޖްލިސް މެމްބަރު އަހުމަދު ސަލީމް އަދި އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.

އުއްޗުގެ ފަރާތުން މި އެހީ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް އުއްޗު ހޯރަފުށްޓަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން އުއްޗުއާއި ބައްދަލުކޮށް އެރަށުގެ ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ކޮށްދިނުމަށް އެދުމުންނެވެ.

މިކަމާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންގެ ފަރާތުން އުއްޗުއަށް ހާސްފަށުން ޝުކުރު އަދާކޮށްފައެވެ.

މިއާއިއެކު މެމްބަރު ސަލީމްއަށާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަށާއި އެ ކުންފުންޏަށް ވެސް ކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ހޯރަފުށީގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅު ފަޅައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި އެކަކު މާލެ ގެނެސް ފަރުވާދެނީ
28 Sep 2026 ހަބަރު

ހޯރަފުށީގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅު ފަޅައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި އެކަކު މާލެ ގެނެސް ފަރުވާދެނީ

ހއ. ހޯރަފުށީ އެއާޕޯޓް މަގުގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތު ފުރޮޅު ފަޅައިގެން ގޮސް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކަށް މާލެ ގެނެސް ފަރުވާދޭން ...