މަސްތުވާތަކެއްޗާއި ގުޅޭ ބިދޭސީންގެ ނެޓްވޯކެއް އަތުލައިގެންފި
މަސްތުވާތަކެއްޗާއި ގުޅޭ ބިދޭސީންގެ ނެޓްވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާލެ ސިޓީގައި ބަނގުރަލާއި މަސްތުވާތަކެތީގެ އިތުރުން މަނާ ބޭހުގެ ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝް ގެ 6 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދެ ފިރިހެނުންނާއި، 29 އަހަރުގެ ފިރިހެނަކާއި، 41 އަހަރަގު ފިރިހެނަކާއި، 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހުންގެ ބަންދު އަމުރުގައިވާ ގޮތުން މިމީހުން ރާއްޖޭގައި އުޅެމުން ދިޔައީ ޤަވާއިދާ ޚިލާފަށެވެ.
ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން 29 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް އަދި އެހެން އެންމެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް