ދަބަހުގައި ބަނގުރާ އުފުލި މީހެއްގެ ބަންދަށް 15ދުވަސް ޖަހައިފި
ދަބަހެއްގައި ބަނގުރާ އުފުލި ބޭރު މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
15 ދުވަހުގެ ބަނދެއް ޖަހައިފައިވާ މިވާ މީހާއަކީ ބަނގުރާ ފުޅިތަކެއް ދަބަހަކަށް އަޅައިގެން އެދަބަހާއި އެކު އެމްޓީސީސީ ބަހަކަށް އަރަން އުޅެނިކޮށް ހިފުނު 43 އަހަރުގެ އިންޑިޔާ ރައްޔިތެކެވެ.
އޭނާ ހައްޔަރު ކުރެވިފައިވަނީ އޭނާގެ ޢަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ބަހުގައި ހުރި އެމްޓީސީސީގެ މުވައްޒަފު އޭނާގެ ދަބަސް ޗެކްކުރުމުން އޭނާ ފިލަން އުޅުމުގެ ތެރޭގައި އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރުމުންނެވެ.
އޭނާގެ ދަބަހުން 26 ފުޅި ބަނގުރާ ފެނިފައިވާއިރު އޭނާ ފިލަން މަސައްކަތް ކޮށްފައިވަނީ އެދަބަސް ބަހުގެ ތެރެއަށް ދޫކޮށްލައިފައެވެ.
އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާއިރު އޭނާއަށް ތުހުމަތުކުރަނީ ބަނގުރާ ގެންގުޅުމާއި އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް