ރާއްޖެ އެތެރެ ކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ މި ތަކެތި އަތުލައިގަނެވިފައިވަނީ ޖަރުމަނުވިލާތުން ރާއްޖެ އަށް ގެނެސްފައިވާ ޕާރްސަލެއް ބަލައި ފާސް ކުރުމުން ދަނިކޮށް ކަމަށެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު ބަލައި ފާސް ކުރި ޕާރުސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނިފައިވާ އިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަހުލީލް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުޤީޤު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި މިހާރު ހަވާލުކުރެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް