ޗައިނާގެ ރައީސް ޝީ ޖިންޕިން
ޗައިނާގެ ރައީސް ޝީ ޖިންޕިން
ދުނިޔެ 23 Oct 2022 | 14:36

ޗައިނާގެ ރިޔާސަތުގެ 3 ވަނަ ދައުރަކަށް ޝީ ޖިންޕިން ހޮވިވަޑައިގެންފި

ޗައިނާގެ ވެރިކަމުގެ 3 ވަނަ ދައުރަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ހޮވިވަޑައިގެންފިއެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީގެ ކޮންގްރެސްއަށް ފަހު އެ ޕާޓީން ވަނީ މިއަދު ކުރިއަށް އޮތް 5 އަހަރު އެ ޕާޓީގެ ޕޮލިޓި ބިއުރޯ ސްޓޭންޑިން ކޮމިޓީގެ (ޕީއެސްސީ) 7 މެމްބަރުން އިއުލާންކޮށްފައެވެ.

ޕީއެސްސީގެ ގެ 7 މެމްބަރުންނަކީ ކުރިއަށް އޮތް 5 އަހަރު ޗައިނާގެ އެންމެ މުހިންމު ނިންމުންތައް ނިންމާނެ އެ ޤައުމުގެ އެންމެ އިސްވެރިންނެވެ.

ޗައިނާގެ ގާނޫނު ބުނާގޮތުން އެގައުމުގެ ރައީސަކަށް ހުންނަވާނީ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަކަށް އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށާއި ޗައިނާގެ ބޮޑުވަޒީރުކަމުގެ މަގާމަށާއި ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމަށް ބޭފުޅުން އައްޔަން ކުރަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް އިންނެވެ.

މިއަދު ޗައިނާގެ ކޮމިއުނިސްޓު ޕާޓީން ވަނީ ކުރިއަށް އޮތް 5 އަހަރުވެސް ޖެނެރަލް ސެކެޓްރީގެ މަޤާމުގައި ހުންނަވާނީ ޝީ ޖިންޕިންގް ކަން އިއުލާންކޮށްފައެވެ.

1989 ވަނަ އަހަރުން ފެށިގެން ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކެޓްރީ އަކީ ޗައިނާގެ ވެސް އެންމެ އިސްވެރިޔާއެވެ.

ފާއިތުވި 10 އަހަރަށް ބަލާއިރު ޗައިނާގެ ރައީސްގެ ހައިސިއްޔަތުންނާއި ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ޝީޖިންޕިން އެގައުމުގައި ވެރިކަން ކުރައްވާފައިވަނީ ކުރީގެ ރައީސުން ވެރިކަން ކުރައްވާފައިވާ ވަރަށް ވުރެ މާ ބާރުވެރިކަމުގައެވެ.

ޝީގެ ވެރިކަމުގައި ޗައިނާ ވަނީ އިގްތިސާދީ ގޮތުންނާއި ސިނާއީ ގޮތުންނާއި އިންފްރާސްޓްރަކްޗާގެ ގޮތުންނާއި އިލްމީ ރީސާޗް އާއި ޓެކްނޮލޮޖީގެ ގޮތުން އާދަޔާ ޚިލާފަށް ކުރިޔަށް ގޮސްފައެވެ. ޝީގެ ޒައާމަތުގައި ޗައިނާގެ އަސްކަރީ ބާރާއި ޗައިނާގެ ސޮފްޓް ބާރާއި ހައިބަތާއި ނުފޫޒުވެސް ދުނިޔޭގައިވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ.

އަދި ދުނިޔޭގެ އިގްތިސާދީ ދެވަނަ ބާރުގެ މަގާމުވެސް ޗައިނާވަނީ ހޯދާފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ މަގާމުވެސް ޗައިނާ ހޯދާނެކަމަށްވަނީ ބެލެވިފައެވެ.

އޭގެ އިތުރުން ޝީގެ ޒައާމަތުގައި ޗައިނާ ވަނީ ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމާ އެއްގަމާއި ކަނޑުގެ މަގުން ގުޅާލުމަށްޓަކައި ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް އެއް އިއުލާނުކޮށް އޭގެދަށުން މި 80 ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެއް ޓްރިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުތަކެއް ތަންފީޒު ކުރަން ފަށާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
20 Oct 2026 ހަބަރު

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް މަޝްރޫޢުގެ ދަށުން 880 ސޯލާ މަގުބައްތި ރާއްޖެއާ ހަވާލުކޮށްފި އެވެ. މިނިސްޓަރު މުއްޠަލިބާއި ސަފީރު ކޮންގް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.