ދުވާފަރު ޓީމު-- ފޮޓޯ/ ވޮއިސް
ދުވާފަރު ޓީމު-- ފޮޓޯ/ ވޮއިސް
ކުޅިވަރު 24 Feb 2023 | 10:11

ދުވާފަރު ޓީމުން އެދެނީ ގިނަ ސްޕޯޓަރުން ދަނޑަށް އައިސް ކުޅިވަރުގެ ރޫހާއެއްގޮތަށް ސަޕޯޓް ކުރަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ، ރ. އަތޮޅު ލީގު ބުރުގެ ފައިނަލްގައި އިނގުރައިދޫއާއި ދުވާފަރު ބައްދަލު މެޗަށް ވޭހާވެސް ގިނަ ސްޕޯޓަރުން ދަނޑަށް އައުމަށް ދުވާފަރު ޓީމުން އެދިއްޖެއެވެ.

ދުވާފަރު ޓީމުން ބުނީ، ފައިނަލް މެޗުގައި އެ ޓީމާއި އިނގުރައިދޫ ބައްދަލުކުރާ މެޗަށް ވޭހާވެސް ގިނަ ސްޕޯޓަރުން ދަނޑަށް އައިސް ކުޅިވަރުގެ ރޫހާއި އެއްގޮތަށް އިދިކޮޅު ޓީމަށް އިހްތިރާމާއިއެކު ސަޕޯޓް ކުރުމަކީ އެ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މި ދެ ޓީމު، ލީގު ބުރުގެ ފަހު މެޗުގައި ބައްދަލު ކުރި މެޗު 5-1 ގެ ނަތީއްޖާއަކުން ކާމިޔާބު ކުރީ އިނގުރައިދޫ ޓީމެވެ. އެ މެޗަށް ނުކުތުމުގެ ކުރިން ދެޓީމަށް ވެސް އަތޮޅު ބުރު ފައިނަލްގެ ޖާގަ ކަށަވަރުވެފައި އޮތުމުން ދެ ޓީމުން ވެސް ނުކުތީ ބަދަލުތަކަކާއި އެކުގައެވެ. ހާއްސަކޮށް ދުވާފަރު ޓީމުން މި މެޗުގައި ބޭނުންކުރީ އެޓީމުގެ ބެންޗު ޓީމެވެ.

އެ މެޗަށް ފަހު ވޮއިސް އަށް މައުލޫމާތް ދެމުން އިނގުރައިދޫ ޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު) ވެސް ވަނީ އެ މެޗަކީ ދެޓީމަށް ވެސް އެހާ މުހިންމު މެޗެއް ނޫންކަމަށެވެ. އަދި ފައިނަލުގައި ދުވާފަރާއި ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ދުވާފަރު ޓީމުގެ މެނޭޖަރ އިބްރާހިމް ޖަލީލް ވޮއިސް އަށް މައުލޫމާތް ދެމުން ބުނީ ފުޓްސަލްގައި މި ދެޓީމަކީ ވަރަށް ވާދަވެރި ދެޓީމު ކަމަށާއި ފަހު މެޗަށް ޓީމަށް ބޮޑެތި ބަދަލުތަކެއްގެނައީ ފައިނަލުގެ ޖާގަ ޔަގީންވެފައި އޮތުމުންކަމަށެވެ. އަދި ދުވާފަރު ޓީމު އަންނަނީ ފައިނަލް މެޗަށް ވަރަށް ރަގަޅަށް ތައްޔާރުވަމުން ކަމަށްވެސް ބުނެފައިވެއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ، ރ. އަތޮޅު ލީގު ބުރުގެ ފައިނަލްގައި އިނގުރައިދޫއާއި ދުވާފަރު ވާދަކުރާ ފައިނަލް މެޗު ކުޅަމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 25 ވާ ހޮނިހިރު ދުވަހު ހަވީރު އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026 ހަބަރު

ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ރ. ދުވާފަރަށް ނިސްބަތްވާ ޒުވާނެކެވެ. ފުލުހުން ބުނީ ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީ...

އިނގުރައިދޫ އާއި ދުވާފަރު މެޗުން ފެނުނު ނަމޫނާއަށް ދުވާފަރު ކައުންސިލް ރައީސްގެ ތައުރީފް
19 Aug 2026 ކުޅިވަރު

އިނގުރައިދޫ އާއި ދުވާފަރު މެޗުން ފެނުނު ނަމޫނާއަށް ދުވާފަރު ކައުންސިލް ރައީސްގެ ތައުރީފް

ރ.އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރާ މެޗްތަކަކީ އަތޮޅު ފެންވަރުގައިވެސް ވަރަށްބޮޑު ސަމާލުކަން ލިބިގެން ގޮސްފައިވާ މެޗްތަކެކެވެ. މުޅި ރ.އަތޮޅަށް ބެލިނަމަވެސް ފުޓްބޯޅައިގައި އެންމެ ވާދަވެރި އެއް މެޗ...

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް
19 Aug 2026 ކުޅިވަރު

އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ.އަތޮޅު ޗެމްޕިއަންކަން ދުވާފަރަށް

މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ރ އަތޮޅު ޗެމްޕިއަންކަން ދުވާފަރު ހޯދައިފިއެވެ. މިއަދު ހަވީރު އިނގުރައިދޫގައި ކުޅުނު ފައިނަލްމެޗް އިނގުރައިދޫ ޓީމް ބަލިކޮށް ދުވާފަރު މެޗް ކާމިޔާބުކު...

ބާކީހުރި މަސްދަޅުތައް، އަވަހަށް ބަލާ އަންނަ ބަޔަކަށް ދީ ހުސްކޮށްލުމަށް ދުވާފަރު ކައުންސިލުން ނިންމައިފި
05 May 2026 ހަބަރު

ބާކީހުރި މަސްދަޅުތައް، އަވަހަށް ބަލާ އަންނަ ބަޔަކަށް ދީ ހުސްކޮށްލުމަށް ދުވާފަރު ކައުންސިލުން ނިންމައިފި

މިދިޔަ ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ދޫކުރުމަށް ފޮނުވި މަސްދަޅުގެ ތެރެއިން ބާކީހުރި މަސްދަޅު އަވަހަށް ބަލާ އަންނަ ބަޔަކަށް ދީ ހުސްކޮށްލުމަށް ދުވާފަރު ކައުންސިލުން ނިންމައ...

ދުވާފަރުގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި
28 Apr 2026 ހަބަރު

ދުވާފަރުގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި

ރ. ދުވާފަރުގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ. ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބިދޭސީ އަކަށެވެ. ފުލުހުން ބުނީ ދުވާފާރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެ...

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް
15 Feb 2026 ކުޅިވަރު

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް

ގއ.ދެއްވަދޫ ބަލިކޮށް އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް ހދ.ނައިވާދޫ ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ، ފައިނަލުގައި ރޭ ކުޅުނުމެޗް 9-3 ގެ ނަތީޖާއިން ކުރި...