ރަމޭޝް ބިދޫރީ
ރަމޭޝް ބިދޫރީ
ހަބަރު 24 Sep 2023 | 08:55

ބީޖޭޕީގެ އެމްޕީ އަކު މުސްލިމް އެމްޕީ އަކަށް ޓެރަރިސްޓަށް ގޮވައިފި!

އިންޑިޔާގެ ވެރިކަންކުރާ ޕާޓީ ބާރަތިޔަ ޖަނަތާ ޕާޓީ( ބީޖޭޕީ) ގެ އަށް ނިސްބަތްވާ އެމްޕީ އަކު މުސްލިމް އެމްޕީއަކަށް ނިސްބަތްކޮށް ޓެރަރިސްޓެއް ކަމަށް ގޮވާ ވީޑިއޯ އެއް ޢާންމު ވެއްޖެއެވެ.

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަމުން ދިއްލީގެ ދެކުނުގެ ދާއިރާއެއްގެ އެމްޕީއެއް ކަމަށްވާ  ރަމޭޝް ބިދޫރީ ވަނީ އެޤައުމުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ ބަހޫޖާން ސަމަޖް ޕާޓީ އަށް ނިސްބަތްވާ އެމްޕީއެއް ކަމަށްވާ ކުންވަރް ދާނިޝް ޢަލީ އަށް ނިސްބަތް ކޮށް ޓެރަރިސްޓެއް ކަމަށާއި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހެއް ކަމަށް ބުނެފައެވެ.

އިންޑިޔާއިން ދާދި ފަހުން އިންޑިޔާއިން ކާމިޔާބު ކަމާއި އެކު ނިންމާލި ޗަންދްރަޔާން މިޝަންގެ ކާމިޔާބީއާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ތެރޭގައި ރަމޭޝް ބިދޫރީ ވަނީ ދާނިޝްއަށް ވަރަށް ހުތުރުގެ ބަހުގެ ހަމަލާތައް ދީފައެވެ.

އެގޮތުން ދާނިޝް އަކީ ހައްދުފަހަނަ އެޅި މީހެއް ކަމަށާއި، ޚިތާނު ކޮށްފައިހުރި ޓެރަރިސްޓެއް ކަމަށްބުނެފައި ވެއެވެ. ދާނިޝް އާއި ދިމާއަށް މުއްލާ އޭ ބުނެ އިންޒާރުވެސް ދީފައިވެއެވެ.

ރަމޭޝް ބިދޫރީގެ ވާހަކަތައް މިހެން ކުރިއަށް ދިޔައިރު ބީޖޭޕީގެ ދެ އިސް ލީޑަރަކާއި ޔޫނިއަން ލީޑަރު އެކަމާއި ހޭ މަންޒަރު ފެންނަ ވީޑީއޯއެއްވެސް ވަނީ ޢާންމުވެފައެވެ.

އިންޑިޔާގެ ޤާނޫނު ހަދަ މަޖިލީހުގެ ތިރިގޭގެ ސްޕީކަރ އޯމް ބިރްލާ ބުނެފައިވަނީ މިފަދަ ކަމެން ދެން ތަކުރާރު ވެއްޖެނަމަ ރަމޭޝް ބިދޫރީއާއި މެދެ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ކަޝްމީރުގެ ޗީފް މިނިސްޓަރ ވިދާޅުވެފައިވަނީ އިންޑިޔާގައި މުސްލިމުންނާއި މެދު ހިންގާ ނަފްރަތުގެ ޢަމަލުތައް މިހާރުވަނީ ހައްދުފަހަނައަޅައިފައި ކަމަށެވެ. ބަޔަކު ވޯޓްލައިގެން ހޮވައިފައިހުރި އެމްޕީ އަކަށް މިފަދައިން މުޚާތަބު ކުރުމުން އެބައިމީހުންގެ ހިތުގައި މުސްލިމުންނާއި މެދު އޮތް ނަފްރަތާއި ރުޅިވެރިކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.