އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު
އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެންބަރު 2022 ގައި ނެރުއްވި ދެންނެވުމުގައި، މި ސެޕްޓެންބަރު މަހުގެ 28ވާ ބުރާސްފަތި ދުވަސް ހިމަނުއްވައިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށެވެ.
މިހަފްތާގެ ބުރާސްފަތި ދުވަސް ބަންދު ކުރުމަށް ރައީސް އޮފީހުން ނިންމަވައިފައިވާއިރު މި 27 ސެޕްޓެމްބަރ ވާ ބުދަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެކެވެ.
އެދުވަހަކީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ޢީދު މީލާދު ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް