ބައިޑަން އާއި ނަތަންޔާހޫ
ބައިޑަން އާއި ނަތަންޔާހޫ
ދުނިޔެ 24 Oct 2023 | 09:10

އެއްކޮޅުން އިސްރާއީލަށް ދެނީ ހަތިޔާރު؛ އަނެއްކޮޅުން ބުނަނީ ފަލަސްޠީނުގެ އަސާސީ ހައްގު ކަށަވަރު ކުރާނަމޭ!

ފަލަސްޠީނުގެ ރައްޔިތުންގެ އަތުން ގަދަކަމުން ބިން ފޭރި، އެގައުމުގައި ދިރިއުޅެމުންދާ މުސްލިމުން ހައްގަކާ ނުލައި ގަތުލު ކުރަމުންދާ އިސްރާއީލްގެ ޔަހޫދީންނަށް، ވާގިވެރިވަމުން، ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯއީ ބައިޑެން ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން މިމަހު 7 ވަނަ ދުވަހު އިސްރާއީލަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ. އެއާއެކު، އިސްރާއީލްގެ ޖައްބާރު ސިފައިން، ހުއްޓުމެއްނެތި ފަލަސްޠީނުގެ އާއްމުންނަށް އަމާޒުކޮށް، ހުއްޓުމެއްނެތި ވަރުގަދަ ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކުގައި 5000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކަންމިހެން ހުރި އިރު، އިސްރާއީލްގެ، އެ ޓްރަރިސްޓް ހަމަލާތަކަށް ހިތްވަރު ދިނުމަށް ބައިޑަން ވަނީ ފަލަސްޠީނު އަތުން ފޭރިގަނެގެން ވަކި ދައުލަތެއް ހަދައިގެން އުޅޭ އިސްރާއީލަށް ދާދިފަހުން ގޮއްސައެވެ. އަދި އެ ދަތުރުގެ ތެރެއިން އޭނާ ވަނީ އިސްރާއީލުން ކުރަމުންދާ ޢުދުވާނު ތަކަށް ހިތްވަރުދީ، އިސްރާއީލާއެކު އެމެރިކާ ވާ ކަމަށް ބުނެފައެވެ.

ހަމައެހެންމެ، އިސްރާއީލުން ފަލަސްތީނުގެ މުސްލިމުން ޝަހީދުކޮށް، ފަލަސްޠީނުގެ ނަން ދުނިޔެމަތިން ފޮހެލުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމަށް، އެމެރިކާއިން ވަނީ ހަނގުރާމަ ކުރުމަށް ނުރައްކާތެރި ހަތިޔާރުވެސް ފޮނުވާފައެވެ. މިފަދައިން ކަންކުރަމުން، ރޭ ބައިޑަން ކުރި ޓުވީޓެއްގައި އޭނާ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް އެމެރިކާއިން އަބަދުވެސް ކަށަވަރުކުރާނެ ކަމަށް ބުނެފައެވެ.

"ޣައްޒާގެ ރައްޔިތުންނަށް ކާތަކެއްޗާއި، ފެނާއި، ބޭސްފަރުވާ އާއި އެހެން ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރާނަން" ބައިޑަން ބުނެފައިވެއެވެ.

ބައިޑަންގެ އެ ޓުވީޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

އެގޮތުން، އެމެރިކާއިން ގަތުލު އާއްމަށް ހިތްވަރުދީ އެކަމަށް ހޭދަކުރަމުންދާ ކަމަށާ، އެމެރިކާއަކީ އިސްރާއީލްގެ ޖަރީމާ ތަކުގެ ބައިވެރިޔާ ކަމަށް މީހުން ބުނެފައިވެއެވެ.

އަދި ޣައްޒާއަށް އެހީ ފޯރުކޮށްދޭކަން ޔަގީން ކުރާނެ ކަމަށް ބައިޑަން ބުނާއިރު، އެކަމަށް ގޮވާލާ އދ އަށް ހުށަހެޅުނު ގަރާރު އެމެރިކާއިން ވީޓޯ ކުރީ ކީއްވެތޯވެސް މީހުން ވަނީ ސުވާލު ކޮށްފައެވެ.

މިނޫންވެސް އެތަކެއް މީހެއްގެ ނުރުހުމާއި ފާޑުކިޔުންތައް ބައިޑަންއަށް އަމާޒުވަމުންދާއިރު، އެކަމުންވެސް އޭނާ އާއި އެމެރިކާގެ މުނާފިގުކަން އެނގިގެން ދާކަމަށް މީހުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު
01 Nov 2026 ދުނިޔެ

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު

ނަޝީދު ވަނީ ރަސްމާލެ މަޝްރޫއުއާމެދު ކަންބޮޑުވުން ފާޅުކޮށް ގައުމީ މަޖިލީހުގެ އެކި މެންބަރުން ދެއްކެވި ވާހަަކަތަކަށް ވެސް އެކި ފަހަރުމަތީން ރައްދު ދެއްވާފަ އެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.