އިމިގްރޭޝަން މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި!
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ.
އެ ފައިސާ އިމިގްރޭޝަނުން ހަވާލުކޮށްފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނު (އައިއޭސީ) އާއެވެ.
އިމިގްރޭޝަނުން ބުނީ އެ މުއައްސަސާގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ފަލަސްޠީން ފަންޑަށް ޖަމާކުރުމަކީ އެ މުއައްސަސާއިން ވަރަށް ބަލައިގަންނަ ކަމެއް ކަމަށާއި މިކަމާ މެދު ފަޚުރުވެރިވާކަމަށެވެ.

ރާއްޖޭގެ ގިނަ މުއައްސަސާތަކާއި އާއްމުންގެ އެތައް ބަޔަކު ދަނީ ފަލަސްޠީނުގެ ޣައްޒާގައި ޙާލުގައި ޖެހިފައިވާ އަދި ޙާލުގައި ޖެހެމުންދާ މީހުންނަށް އެހީވުމަށް އައިއޭސީ މެދުވެރިކޮށް އެހީ ފޮނުވަމުންނެވެ.
އައިއޭސީ އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ޖަމިއްޔާއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް