މީހުން ދިރިއުޅޭ ރަށެއްގައި ކްރިސްމަސް ފާހަގަކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން އިންޒާރުދީފި
ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިމަސް ފާހަގަކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިންޒާރުދީފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސް ފާހަގަކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ޚިލާފު ކަމެއް ކަަމަށާއި ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ރާއްޖޭގެ އެއްވެސް ރަށެއްގައި ނުބޭއްވުމަށެވެ.
އެހެންކަމުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް